logoEN
Sto top
40 އެގްޒިބިޓަރުންނާއިއެކު ވެކޭޝަންސް އެކްސްޕޯ 2025 ފަށައިފި

40 އެގްޒިބިޓަރުންނާއިއެކު ވެކޭޝަންސް އެކްސްޕޯ 2025 ފަށައިފި

އަހުމަދު ޝުރާއު

logo

4/17/2025, 6:12:27 PM

# ހައިރައިޒް# ވެކޭޝަން އެކްސްޕޯ 2025

--

ވެކޭޝަންސް އެކްސްޕޯ 2025 ރަސްމީކޮށް ފަށައިފި އެވެ.

Wamco

މިއަދު ހަވީރު ބޭއްވި ހަފުލާއެއްގައި މި އަހަރުގެ ވެކޭޝަންސް އެކްސްޕޯ ހުޅުއްވައިދެއްވީ ޓޫރިޒަމް އެންޑް އެންވަޔަރަމަންޓު މިނިސްޓަރު ތޯރިގު އިބްރާހިމް އެވެ. މި އެކްސްޕޯ ކުރިޔަށްދާނީ މިއަދުން ފެށިގެން މި މަހުގެ 25 އާ ހަމައަށް ހުޅުމާލެ ސެންޓްރަލް ޕާކުގައި އެވެ.

އެހެން އަހަރުތެކޭ އެއްގޮތަށް މިއަހަރުވެސް، ވެކޭޝަންސް އެކްސްޕޯގައ ބައިވެރިވާ އެގްޒިބިޓަރުން ހާއްސަ ޓްރެވަލް ޕެކޭޖުތައް ހިއްސާކުރުމުގެ އިތުރުން، ރާއްޖޭގެ މަންޒިލްތަކާއި ބޭރުގެ މަންޒިލްތަކަށް ދަތުރުކުރުމާ ގުޅޭގޮތުން ކޮންމެހެން ބޭނުންވާނެ މައުލޫމާތުތައް ދޭނެ އެވެ.

އެކްސްޕޯގައި ބައިވެރިވާ އެގްޒިބިޓަރުންގެ ދާއިރާތައް:

· ޓޫރިސްޓު ހޮޓާތަކާއި ގެސްޓްހައުސްތައް

· އެއާލައިންތައް

· ޓްރެވަލް އެޖެންޓުން

· ސަރުކާރުގެ އިދާރާތައް

· ބޭރުގެ ގައުމުތަކުގެ އެމްބަސީތައް

· މޫދު ކުޅިވަރުގެ ވިޔަފާރިތައް

· ދިވެހިން އާންމުކޮށް ބޭސްފަރުވާއަށްދާ ގައުމުތަކުގެ ހޮސްޕިޓަލްތައް

ހައިރައިސް ޕްރައިވެޓް ލިމިޓެޑުން އިންތިޒާމުކުރާ ވެކޭޝަންސް އެކްސްޕޯ އަކީ ޗުއްޓީ ހޭދަކޮށްލުމަށް ބޭނުންވާ ފަރާތްތަކަށް ބޭނުންވާ ހުރިހާ މައުލޫމާތަކާއި ހައްލުތައް އެއްތަނަކުން ލިއްބައިދޭ، ދިވެހިންގެ މެދުގައި މަގުބޫލު އިވެންޓެކެވެ. މި އަހަރުގެ އެކްސްޕޯގައި 40 އެގްޒިބިޓަރުން ބައިވެރިވެ އެވެ.

މިއަހަރުގެ ވެކޭޝަންސް އެކްސްޕޯގެ މެއިން ސްޕޮންސަރަކީ އޭސް ޓްރެވެލްސް އެވެ. އޭސް ޓްރެވެލްސްއަކީ މިދިޔަ އަހަރުވެސް މި އެކްސްޕޯގެ މެއިން ސޮޕްސަރެވެ. ކޯ ސްޕޮންސަރުންނަކީ އިނަ މޯލްޑިވްސް، އޭސް އޭވިއޭޝަން ސާވިސަސް، އަދި ވޮޔޭޖެސް މޯލްޑިވްސް އެވެ.

ހައިރައިސް އިން ބުނީ ވެކޭޝަންސް އެކްސްޕޯއަށް އިތުރު ބާރެއް ލިބެނީ ފަތުރުވެރިކަމުގެ ދާއިރާގެ އިސް ފަރާތްތަކާއި ޖަމިއްޔާތަކުން ލިބޭ އެއްބާރުލުމުގެ ސަބަބުން ކަމަށެވެ. އެގޮތުން މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ)، އަދި ނޭޝަނަލް ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންއެޗްޖީއޭއެމް) އިން ވެކޭޝަންސް އެކްސްޕޯ އެންޑޯސް ކުރުމަކީ މި އެކްސްޕޯގެ ހައިބަތު އިތުރުކޮށްދޭ ކަމެއްގެ ގޮތުގައި އެކުންފުނީން ދެކެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside