
photo_2022-02-27_19-34-36
ދިވެހިރާއްޖޭގައި ބާއްވާ އެންމެ ފުރުސަތު ތަނަވަސް، އަދި އެންމެ ގިނަ ކާބޯތަކެތީގެ ބާވަތްތައް ތަމްސީލުކުރުވާގޮތުގައި ހައިރައިޒް އިން އިންތިޒާމްކޮށް ބާއްވާ، "ފުޑް އެންޑް ބޭވަރޭޖަރސް ޝޯވް" 2022 ފެށުމުގެ އެންމެ ފަހު 10 ދުވަސް ގުނަންފެށިއްޖެއެވެ.

ފުޑް އެންޑް ބޭވަރޭޖަރސް ޝޯވް އަކީ ދިވެހީންގެ ރަހަތަކަށް ފޯރުކޮށްދެވޭ، ވަކިވަކި ކާބޯތަކެތީގެ އެންމެ ގިނަ ބާވަތްތައް ދައްކުވައިދޭ އެންމެ ބޮޑު ޝޯވް އެވެ. އަދި މިއީ ޚާއްޞަކޮށް ދިވެހިރާއްޖޭގެ ކާބޯތެކެތީގެ ޞިނާޢަތުގައި ހިންގާ ވަކި ވިޔަފާރިތައް އެއްތަންކުރުވާ އެންމެ ބޮޑު ޝޯވްވެސްމެއެވެ. މިޝޯވްގައި ދިވެހިރާއްޖެއާއި ބައިނަލްއަޤްވާމީ ރިސޯޓްތަކާއި، ހޮޓާތަކާއި، ގެސްޓްހައުސްތަކާއި، ފަތުރުވެރި އުޅަނދުތަކާއި، ރެސްޓޯރަންޓްތަކާއި، ކާބޯތަކެތީގެ ޚިދުމަތްތައް އޮޕަރޭޓްކުރާ ފަރާތްތަކާއި ކޮންސަލްޓަންޓުންނާއި، ކާބޯތަކެތި އުފައްދާ ފަރާތްތަކުގެ އެޖެންޓުންނާއި ކާބޯތަކެތި ހޯލްސޭލް ކުރާ ފާރަތްތަކާއި، ޑިސްޓްރިބިއުޓްކުރާ ފަރާތްތަކާއި، ކާބޯތަކެތި ރާއްޖެއަށް އެތެރެކުރާ އަދި ބޭރުކުރާ ފާރަތްތަކާއި، ކަމާބެހޭ އާލަތްތައް އުފައްދާ ފަރާތްތަކާއި، ކެއްކުމުގެ މާހިރުންނާއި މުޙައްނިކުން ތަމްސީލުކުރެއެވެ.
އެފް އެންޑް ބީ ޝޯވް 2022 ގެ ޕްލެޓިނަމް ސޮޕޮންސަރ އަކީ ނެސްލޭ ޕްރޮފްޝަނަލް އެވެ. އަދި ކޯ-ސްޕޮންސަރުންނަކީ؛ ވިލާ ޓްރޭޑިންގ، ސްޓޭޓް ޓްރޭޑިން ގއޯގަނައިޒޭޝަން (އެސް.ޓީ.އޯ)، އަދި މޯލްޑިވް ގޭސްއެވެ.
އެފް އެންޑް ބީ ޝޯވް 2022ގެ ސަޕޯރޓިންގ ޕަރޓްނަރުންނަކީ؛ ޔުނައިޓެޑް ފުޑް ސަޕްލައިސް، އެސްޓްރަބޮން، އެންޒީ، ސަމަން ޓްރޭޑިންގ، އެކުއަރފޯރ (ޕާމް ޓްރީ މެރިން) އާއި ދިވެހިރާއްޖޭގެ ނޭޝަނަލް ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓްއަރިޒަމް ސްޓަޑީސް (އެފް.އެޗް.ޓީ.އެސް) އާއި ޝެފްސް ގިލްޑް އޮފް މޯލްޑިވްސް (ސީ.ޖީ.އެމް) އާއި އައި.އެން.ކޭ އިންވެސްޓްމަންޓް އަދި މުނި ހޯމް ކެއަރއެވެ.
އެފް އެންޑް ބީ ޝޯވް 2022 އަކީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕޮރޭޝަން (އެޗް.ޑީ.ސީ) ގެ ހެޔޮއެދުންތަކާއިއެކު އެންޑޮސްކޮށްގެން ބާއްވާ އިވެންޓެކެވެ. އަދި މިއިވެންޓުގެ މުހިއްމު އެހެނިހެން ޕަރޓްނަރުންނަކީ؛ ޕްރިންޓިންގ ޕާރޓްނަރަކީ ޕްރިންޓްލެބް، ސެކިއުރިޓީ ޕަރޓްނަރަކީ އެބްޒޮލިއުޓް ސެކިއުރިޓި އެންޑް އެޑްވާންސް ސޮލިއުޝަން (އޭ.އެސް.އޭ.ޕީ)، ސެޓް-އަޕް ޕަރޓްނަރަކީ އަސަރީ ސަރވިސަސް، ސައުންޑް އެންޑް ލައިޓިންގ ޕަރޓްނަރަކީ އޮފިޝަލް އިވެންޓްސް، ވީޑިއޯގްރަފީ އާއި ފޮޓޯގްރަފީ ޕަރޓްނަރަކީ ބްރޭންޑްއެން، ޑިޖިޓަލް ޕަރޓްނަރަކީ ދިރާގު، ކޭޓަރިންގ ޕަރޓްނަރެއްގެ ގޮތުގައި ލެމަންގްރާސް، އަދި އޮންލައިން މީޑިއަރ ޕަރޓްނަރަކީ 'ދައުރު'އެވެ.
ކާބޯތަކެތި ތަމްޞީލްކުރާ މުހިއްމު ޕަރޓްނަރުންގެ ތެރޭގައި؛ އެސް.ޓީ.އޯ، މިފްކޯ، ޔޫރޯ ސްޓޯރ، ކެޕިޓަލް ފުޑްސް، އޮންދިގޯ، ސްޕަރ ފުޑްސް، މުޑުވާލި، ޑަޔާނާ ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑް، އެޗް.އެން.ކޭ އިންވެސްޓްމަންޓްސް، އެކްސްޕަރގްލޯބަލް، އައިއޭމް ސުޕަރ މޯލްޑިވްސް، ޑެސަރޓްސް ބައި މަރީނާ، އާއި ޕާމް ޓްރީ މެރިންގެ އިތުރުންވެސް ގިނަ މުމައްސިލުން ފެނިގެންދާނެއެވެ.
މި އިވެންޓުގެތެރޭގައި، "ވިޒިޓް އެންޑް ވިން" ލަކީ ޑްރޯ އާއި، ޚާއްޞަ ޑިސްކައުންޓުތަކާއި، ތަކެތި ގަތުމުގެ ކުރިން ހިލޭ ސާމްޕަލް ތަޖުރިބާ ކޮށްލުން ހިނގަމުންދާނެއެވެ.