logoEN
cocacola
ކަނޑުމައްޗަށް ގެއްލުނު 16 މީހަކު މެލޭޝިއާ ކައިރިން ސަލާމަތްކޮށްފި

ކަނޑުމައްޗަށް ގެއްލުނު 16 މީހަކު މެލޭޝިއާ ކައިރިން ސަލާމަތްކޮށްފި

އަހުމަދު ޝުރާއު

logo

8/27/2022, 6:29:34 PM

# މެލޭޝިއާ

fasfsd

އަވަސް ރެސްކިއު އޮޕަރޭޝަނެއްގައި، އޮގަސްޓް މަހުގެ 26 ވަނަ ދުވަހު، މެލޭޝިޔާގެ ބޭރުގެ ކަނޑުގެ ސަރަހައްދުން ގެއްލުނު އިންޑިއާގެ ތިން މީހުން ހިމެނޭ ގޮތަށް 16 މީހަކު ސަލާމަތް ކުރުމުގެ މަސައްކަތް އިންޑިއާގެ ކޯސްޓްގާޑާއި ކަމާބެހޭ އިތުރު އިދާރާތަށް ގުޅިގެން ކާމިޔާބު ކަމާއެކު ނިންމާލައިފި އެވެ.

ގޮސިޔާ

އިންޑިއަން ކޯސްޓްގާޑް (އައިސީޖީ) އިން ނެރުނު ބަޔާނެއްގައި ބުނީ، އެމްއާރުސީސީ މުމްބާއީއަށް، ގަޔާނާ ދިދަ ޖަހާފައިވާ ޓޭންކަރު، އެމްޓީ ވޮރާއިން ގެއްލުނު އިންޑިއާގެ ތިން މީހެއްގެ މައުލޫމާތު ލިބުނީ އޮގަސްޓް މަހުގެ 25 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި ކަމަށެވެ. މި ހާލަތުގެ ގްރެވިޓީ އާއި ފުރާނައަށް ނުރައްކާވާ ހާލަތަށް ރިއާޔަތްކޮށް، އެމްއާރުސީސީ މުމްބާއީއިން ވަނީ ސިންގަޕޫރު، އިންޑޮނޭޝިއާ އަދި މެލޭޝިއާގެ އެސްއޭއާރް ކޯޑިނޭޓިން އޭޖެންސީތަކާ ގުޅިގެން ރެސްކިއު އޮޕަރޭޝަން ކޯޑިނޭޓްކޮށްފައެވެ. އެގޮތުން މުޅި އޮޕަރޭޝަންވެސް ކޯޑިނޭޓްކުރީ އިންޑިއާ ކޯސްޓްގާޑުންނެވެ.

ކަމާބެހޭ ފަރާތްތަކުން ކެނޑިނޭޅި ކުރި މަސައްކަތުން، މެލޭޝިޔާގެ ކަމާބެހޭ ފަރާތްތަކަށް އެ ބޯޓް އޮތް ސަރަހައްދު ދެނެގަނެވުނީ އޮގަސްޓް މަހުގެ 26 ވަނަ ދުވަހު އެވެ. އެގޮތުން އެބޯޓް ފެނިފައިވަނީ މެލޭޝިޔާގެ އައްސޭރިފަށު ސަރަހައްދުންނެވެ. އެބޯޓުގައި ތިބި މީހުން ހާލުގައި ޖެހުނީ އެ ބޯޓް ދަތުރުކުރަމުންދިޔަ މަގުމަތީގައި ތެޔޮ ހުސްވެގެން ނެވެ.

ވީނުވީއެއް ނޭނގި ގެއްލިފައިވާ އިންޑިއާގެ 03 މީހުން ހިމެނޭ ގޮތަށް 16 މީހުން ސަލާމަތްކޮށް އެމީހުން ވަނީ އިންޑީއާގެ އެމްއާރުސީސީ މުމްބާއީގެ ކޯޑީނޭޝަނާއި އެކު މެލޭޝީއާޔަށް ގެންގޮސްފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ