![މަތީތަޢުލީމުދޭ ކޮލެޖްތަށް ގުޅިގެން ކެރިއަރ ގައިޑެންސް ސެޝަންތަކެއް ތިނަދޫގައި!](/_next/image?url=%2Fsikundi-content%2Fuploads%2F2021%2F01%2F71DE0A9E-8F9F-403F-A7A4-CE3652181C44.jpeg&w=3840&q=75)
71DE0A9E-8F9F-403F-A7A4-CE3652181C44
ތިނަދޫގައި ޤާއިމްކުރެވިފައިވާ މަތީތަޢުލީމުދޭ ކޮލެޖްތަކުން ގުޅިގެން ކެރިއަރ ގައިޑެންސް ސެޝަންތަކެއް މިއަދު ތިނަދޫގައި ކުރިޔަށް ގެންގޮސްފައިވެއެވެ.
![ގޮސިޔާ](/_next/image?url=%2Fsikundi-content%2Fuploads%2F2024%2F1%2Fgosiya-ads.gif&w=3840&q=75)
މިސެޝަންތަށް ކުރިޔަށް ގެންދެވުނީ ތިނަދޫގައި ސާނަވީ އަދި މަތީ ސާނަވީ ތަޢުލީމު ދެމުން އަންނަ ގދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ދަރިވަރުންނަށް އަމާޒުކޮށްގެން އެ ސްކޫލުގައެވެ. މި ކެރިއަރ ގައިޑެންސް ސެންޝަންތަކުގައި ބައިވެރިވެ މަޢުލޫމާތު ދީފައިވާ ކޮލެޖްތަކުގެ ތެރޭގައި، ދިވެހިރާޖޭގެ ޤައުމީ ޔުނިވާސިޓީ، އެވިޑް ކޮލެޖް އަދި މިނާޒް އިންޓަނޭޝަނަލް ކޮލެޖް (އެމް އައި ކޮލެޖް) ހިމެނެއެވެ.
ދެ ސެޝަނަކަށް ބަހާލައިގެން ކުރިޔަށްގެންދެވުނު ކެރިއަރ ގައިޑެންސް ސެޝަންތަކުގައި ފުރަތަމަ ސެޝަން އިންތިޒާމް ކުރެވިފައިވަނީ ގްރޭޑް 7 އަދި 8ގެ ދަރިވަރުންނަށެވެ. މި ސެޝަނުގައި ކުރިޔަށް ދާން ބޭނުންވާ ތަފާތު ދާއިރާތަށް ކަނޑައަޅާނެ ގޮތްތަކާއި، ކިޔަވަން ބޭނުންވާ ސްޓްރީމެއް އިޚްތިޔާރު ކުރުމުގައި ބަލަންޖެހޭ ކަންތައްތަކާއި، އިޚްތިޔާރު ކުރާ ތަފާތު ސްޓްރީމްތަކާއި ގުޅުވައިގެން ކުރިޔަށް ދެވިދާނެ ދާއިރާތަކުގެ މަޢުލޫމާތު ހުރިހާ ކޮލެޖަކުންވެސް، ދަރިވަރުންނާއި ހިއްސާކޮށްފައިވެއެވެ.
ދެވަނަ ސެޝަން އިންތިޒާމްކުރެވިގެން ކުރިޔަށް ގެންދެވިފައިވަނީ ގްރޭޑް 9 ، 10 ، 11 އަދި 12 ގެ ދަރިވަރުންނަށެވެ. މި ސެޝަނުގައި އެކޮލޮޖުތަކުގެ މައުލޫމާތު ހިއްސާކުރުމުގެ އިތުރުން އެކޮލެޖްތަކުގައި ދަރިވަރުންނަށް ކިޔެވުމަށް ހުރި ފުރުޞަތުތަކުގެ މަޢުލޫމާތު ދިނުމުގެ އިތުރުން، ދަރިވަރުންނަށް ކުރިޔަށް ދެވިދާނެ ތަފާތު ދާއިރާތަކުގެ މަޢުލޫމާތު ހިއްސާކުރެވުނެވެ.
ކެރިޔަރަ ގައިޑެންސް ދިނުމަށް ބޭއްވުނު ފުރަތަމަ ސެޝަނުގެ ޝަރަފްވެރި މެޙްމާނެއްގެ ގޮތުގައި ތިނަދޫ އުތުރު ދާއިރާގެ އިއްޒަތްތެރި މަޖިލިސް މެމްބަރ އަބްދުލް މުޣުނީ ބައިވެރިވެ ވަޑައިގެންނެވިއެވެ.
އަދި ކެރިއަރ ގައިޑެންސް ދެވަނަ ސެޝަނުގައި ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ތިނަދޫ ދެކުނު ދާއިރާގެ އިއްޒަތްތެރި މަޖިލިސް މެމްބަރ އަބްދުﷲ ސަނީފް ބައިވެރިވެ ވަޑައިގެންނެވިއެވެ.