
ދަރިވަރުން ތަރުބިއްޔަތުވަނީ ޖަހާފަ ހުންނަ ޓިނެއްގެ ކުލަޔަކުން ނޫން - ނައިބު ރައީސް
# ތަޢުލީމު# ނައިބު ރައީސް ފައިސަލް ނަސީމްFaisal
ދަރިވަރުން ތަރުބިއްޔަތުވަނީ، ސްކޫލެއް ހަދާފަ ހުންނަ ގޮތަކުން ނުވަތަ ޖަހާފައިއި ހުންނަ މުއްޓަނުން ނުވަތަ ފުރާޅުގައި ޖަހާފައި ހުންނަ ޓިނުގެ ކުލަޔަކުން ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ނައިބު ރައީސް މިހެން ވިދާޅުވީ، މައުމޫން ފައުންޑޭޝަނުން، ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ، އަލްމަރްހޫމް އުމަރު ޒާހިރުގެ ޙަޔާތްޕުޅުގެ މައްޗަށް ބިނާކޮށް ރޭ ނެރުނު ފޮތް " ނަމޫނާ ސަހްސިއްޔަތެއް – އުމަރު ޒާހިރު – ހަނދާނާއި ތަރުރީފްގެ ޖިޒީއެއް” މި ފޮތް ނެރެދެއްވުމަށްފަހު ދެއްކެވި ވާކަފުޅުގައެވެ.
އެގޮތުން އަލްމަރްހޫމް އުމަރު ޒާހިރުގެ ހަޔާތްޕުޅުން މިސާލު ނަންގަވައި ވާހަކަފުޅު ދައްކަވަމުން ފައިސަލް ނަސީމް ވިދާޅުވީ އަލްމަރްހޫމް އުމަރު ޒާހިރުގެ ހަލާތްޕުޅަށް އަލިއަޅުވާލާ ބަލައިލާއިރު ފެންނަނީ ކޮންމެ ކަމެއްވެސް ވަރަށް ފުރިހަމައަށް އަދާކުރެއްވިކަން ކަމަށާއި އެއީ ސްކޫލެއްގެ ނާޒިރުކަން ކުރެއްވި ދުވަސްވަރު ވީނަމަވެސް ކަމުގައެވެ.
“ވަރަށް ރަނގަޅަށް ދަރިވަރުން ތަރުބިއްޔަތު ކުރެއްވި، އެއީ އެއްވެސް ހާލެއްގައި މާ ރީތި ސްކޫލަކަށް މާ ރީތި ބިލްޑިންގްއަކަށް ސްކޫލު ވެގެނެއް ނޫން” ފައިސަލް ނަސީމް ވިދާޅުވިއެވެ.
ފައިސަލް ނަސީމް ވިދާޅުވީ ދަރިވަރުން ތަރުބިއްޔަތު ވަނީ ރިވެތި ސިފަތައް އެކުދިންގެ ގައިގާ އަށަގަންނަނީ އެ ސްކޫލެއް ހަދާފައި ހުންނަ ގޮތަކުން ނޫން ކަމަށާއި ޖަހާފައި ހުންނަ މުއްޓަކުން ނޫން ނުވަތަ ފުރާޅުގައި ޖަހާފައި ހުންނަ ޓިނުގެ ކުލަޔަކުންވެސް ނޫން ކަމަށާއި އެހެން ނަމަވެސް އެ ސްކޫލެއްގެ ހާއްސަކޮށް، ސްކޫލެއްގެ ލީޑަރެއްގެ ގައިގަ ހުންނަ މުހިންމު ސިފަތަކެއްގެ ސަބަބުން ކަމަށެވެ.
އަލް މަރްހޫމް އުމަރު ޒާހިރުގެ ހަޔާތްޕުޅާއި ގުޅޭގޮތުން އިތުރަށް ވާހަކަފުޅު ދައްކަވަމުން ނައިބުރައީސް އިތުރަށް ވިދާޅުވީ އަލްމަރްހޫމް އުމަރު ޒާހިރުގެ އެންމެ ފާހަގަކުރެވޭ އެއް ސިފަޔަކީ ކަމަށް ކަމޭހިތުން ކަމަށާއި ގަޑިއަށް ސަމާލުކަން ދެއްވުމާއި ރިވެތި އަހުލާގާއި މީހުންނަށް އިހުތިރާމު ކުރުމާއި ތަފާތު ނުކުރުމާއި ހެޔޮބަސް ބުނުމާއި ހެޔޮގޮތުގައި ކަންކަން ބަލައިގަތުމުގެ އިތުރުން ވަގުތަށް ފަރުވާތެރިވުންފަދަ ސިފަތަކަކީ މިއަދު ހުރިހާ އެންމެން ހާއްސަކޮށް ޒުވާނުންނާއި ވަޒީފާ އަދާކުރާ ހުރިހާ ފަރާތްތަކުން ނަމޫނާ ނަގަންޖެހޭ ކަންކަންކަމުގައި ނައިބުރައީސް ފާހަގަކުރެއްވިއެވެ.
ގުޅުންހުރި

އަތޮޅުތެރެއިން މާލޭގެ ސްކޫލުތަކަށް ބަދަލުވުމަށް 790 ފޯމު ހުށަހަޅައިފި

ސަރުކާރުގެ މުޅި ތަޢުލީމީ ސިޔާސަތު އަމާޒުހިފާފައި ވަނީ 21 ވަނަ ޤަރުނަށް ދަރިވަރުން ތައްޔާރުކުރުމަށް - ނައިބު ރައީސް

ދަރުމަވަންތަ ސްކޫލުގެ އައު ޢިމާރާތުގެ މަސައްކަތް ކުރިޔަށްދާގޮތް ނައިބު ރައީސް ބައްލަވާލައްވައިފި
