
އަތޮޅުތެރެއިން މާލޭގެ ސްކޫލުތަކަށް ބަދަލުވުމަށް 790 ފޯމު ހުށަހަޅައިފި
# ދަރިވަރުން# ތަޢުލީމު# އެޑިއުކޭޝަން މިނިސްޓްރީމާލޭގައި ހުންނަ ޖަމާލުއްދީން ސްކޫލް
އަތޮޅުތެރޭގެ ސްކޫލުތަކުން މާލޭގެ ސްކޫލުތަކަށް ބަދަލުވުމަށް 790 ދަރިވަރެއްގެ ފޯމު ހުށަހަޅައިފައިވާ ކަމަށް ތަޢުލީމާ ބެހޭ ވުޒާރާއިން ބުނެފިއެވެ.

އެ ވުޒާރާއިން އެހެން ބުނެފައިވަނީ ދިރާސީ އައު އަހަރަށް މާލޭ ސަރަޙައްދުގެ ސަރުކާރު ސްކޫލުތަކަށް ދަރިވަރުން އަލަށް ވެއްދުމާއި، އެއް ސްކޫލުން އަނެއް ސްކޫލަށް ބަދަލުކުރުމަށް ފޯމު ހުށަހަޅާފައިވާ ގޮތުގެ އަދާހަމަ ހާމަކުރަމުން އެ ވުޒާރާއިން އެކްސްގައި ކުރި ޕޯސްޓެއްގައިއެވެ.
އެގޮތުން އަދާހަމަތަކުން ދައްކާ ގޮތުން، ލެ ސަރަހައްދުގެ ސްކޫލްތަކުގެ ގްރޭޑް އެކަކަށް ކުދިން ވެއްދުމަށް 2،290 ފޯމު ހުށަހަޅާފައިވާއިރު، އެހެން ގްރޭޑުތަކަށް ދަރިވަރުން ވެއްދުމަށް 1،450 ފޯމު ވަނީ ހުށަހަޅާފައެވެ.
މީގެ އިތުރުން، މާލެ ސަރަހައްދުގެ އެއް ސްކޫލުން އަނެއް ސްކޫލަށް ދަރިވަރުން ބަދަލުކުރުމަށް އެދި 660 ދަރިވަރެއްގެ ފޯމު ހުށަހަޅާފައިވާއިރު، އަތޮޅުތެރޭގެ ސްކޫލުތަކުން މާލޭގެ ސްކޫލުތަކަށް ބަދަލުވުމަށް 790 ދަރިވަރެއްގެ ފޯމު ހުށަހަޅާފައިވެއެވެ.
ވުޒާރާއިން ބުނި ގޮތުގައި، މާލޭގެ ސްކޫލުތަކަށް ދަރިވަރުން ވެއްދުމަށް ފޯމު ހުށަހެޅުމުގެ އެންމެ ފަހު ތާރިޚާކީ މާދަމާގެ މެންދުރު 2 ޖެހުމާ ހަމައަށެވެ. އަދި މާދަމާގެ ނިޔަލަށް ހުށަހަޅާފައިވާ ހުރިހާ ފޯމެއްގެ ޖަވާބު، މި މަހުގެ 13 ވަނަ ދުވަހުގެ ކުރިން ފޮނުވޭނެ ކަމަށް ވެސް އެ ވުޒާރާއިން ބުންޏެވެ.
ގުޅުންހުރި
(1).jpeg&w=3840&q=75)
އަލް-އަޒްހަރުން ޑިގްރީއަށް ކިޔެވުމަށް ދިވެހި ދަރިވަރުންނަށް 22 ސްކޮލަރޝިޕް!

މިއަހަރުގެ ފުރަތަމަ ޓާމުގެ ކިޔެވުން ނިންމާ ދަރިވަރުންގެ ޗުއްޓީ އަށް

ސްޓޭޖް 2 އިން 5 އަށް ބޭނުންވާ ޓެކްސްޓް ފޮތްތައް ޕްރިންޓް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް، އިއުލާންކޮށްފި




