logoEN
WAMCO TOP 1
ފެނަކައާއި ޖަމްއިއްޔަތުއްސަލަފްގެ ޢުޔޫން އިންސްޓިޓިއުޓްއާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި

ފެނަކައާއި ޖަމްއިއްޔަތުއްސަލަފްގެ ޢުޔޫން އިންސްޓިޓިއުޓްއާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި

# ފެނަކަ ކޯޕަރޭޝަން ލިމިޓެޑް

ފެނަކައާއި ޖަމްއިއްޔަތުއްސަލަފްގެ ޢުޔޫން އިންސްޓިޓިއުޓްއާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކުރުމުގެ ތެރެއިން- ފޮޓޯ: ފެނަކަ

ފެނަކަ ކޯޕަރޭޝަން ލިމިޓެޑް އާއި ޖަމްއިއްޔަތުއްސަލަފްގެ ޢުޔޫން އިންސްޓިޓިއުޓްއާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

THE TRAVELLER AD

ފެނަކައިން މި އެއްބަސްވުމުގެ ސޮއިކުރުމުގެ ރަސްމިއްޔާތުގެ މައުލޫމާތު ހާމަކޮށްވަނީ ޕޯސްޓުކޮށްފަ އެވެ.

ފެނަކައިން ބުނީ މިއީ އެކުންފުނީގެ މުވައްޒަފުންގެ މަސައްކަތުގެ މާހައުލުގައި ތަމްރީންކުރުމަށް ވެވުނު އެއްބަސްވުމެއް ކަމަށެވެ. އަދި މި އެއްބަސްވުމުގެ ދަށުން އެ ކުންފުނީގެ މުވައްޒަފުންނަށް މަސައްކަތުގެ މާހައުލުގައި އިސްލާމީ ރިވެތި އަހުލާގާއި، ސުލޫކަށް އަހުލުވެރިކުރުން ހިމެނޭކަމަށް ފެނަކައިން ބުންޏެވެ.

ފެނަކައިން ބުނީ ފެނަކަ އިންސްޓިޓިއުޓް ފޯ ޓްރޭނިންގް އެންޑް ރިސާޗާއި ޖަމްއިއްޔަތުއްސަލަފްގެ ޢުޔޫން އިންސްޓިޓިއުޓް އާ ގުޅިގެން "އިސްލާމީ ބަހާތަކުން ކާމިޔާބު މުވައްޒަފަކަށް" ޕްރޮގްރާމެއް ފަށައި، ދެވަނަ ސެޝަން ބާއްވާފައިވާކަމަށެވެ.

View post on Twitter

މި ޕްރޮގްރާމް ފަރުމާކޮށްފައިވަނީ ކުންފުނީގެ އިސްވެރިންނަށް ބޭނުންވާ އިދާރީ ހިންގުމުގެ އިރުޝާދުތައް ފޯރުކޮށްދިނުމަށާއި، މުވައްޒަފުންގެ މަސައްކަތުގެ އަޚުލާޤާއި ސުލޫކު އިޞްލާޙުކޮށް ހަރުދަނާކުރުމުގެ މައްޗަށް ކަމަށް ފެނަކައިން ބުންޏެވެ. އަދި މިއީ މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަސައްކަތްކުރާ ފެނަކައިގެ ހުރިހާ މުވައްޒަފުން ޝާމިލުވާ ގޮތަށް، ދިގު މުއްދަތަކަށް ކުރިއަށް ގެންދިއުމަށް ރޭވިފައިވާ ވަރަށް ފުޅާ ހަރަކާތެއްކަމަށްވެސް ފެނަކައިން ފާހަގަކުރި އެވެ.

ކޮމެންޓް
ފަހުގެ
HDC