
އެއްޖިއްސުން ގުޅުން ހިންގި މައްސަލާގައި މަޖިލިސް މުވައްޒަފަކު ސަސްޕެންޑުކޮށްފި
# މަޖިލިސް# އަލަމްގިރްmajlis| މަޖިލިސް
އަލަމްގީރު އާ އެކު އެއްޖިއްސުން ގުޅުން ހިންގި ކަމުގެ ތުހުމަތުގައި ރައްޔިތުންގެ މަޖިލީހުގެ މުވައްޒަފަކު ވަޒީފާއިން ސަސްޕެންޑުކޮށްފި އެވެ.

މަޖިލީހުގެ މީޑިއާ ޑިރެކްޓަރު ހަސަން ޒިޔާއު އާ ހަވާލާދީ ބައެއް މީޑިއާތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި، އެއްޖިއްސުން ގުޅުން ހިންގި މައްސަލައިގެ ތުހުމަތަށް އެ އިދާރާގެ މުވައްޒަފަކު މިހާރު ވަނީ ވަޒީފާއިން ސަސްޕެންޑު ކޮށްފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މިމައްސަލައިގައި ސަސްޕެންޑް ކޮށްފައިވަނީ މަޖިލީހުގެ ޖޫނިއާ މުވައްޒަފެކެވެ.
ބަންގްލަދޭޝްގެ އަލަމްގީރްއާ އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯތަކެއް ސޯޝަލްމީޑިއާގައި ދައުރުވަމުން އަންނައިރު، އެމައްސަލައިގެ ތަހުގީގު ފަށާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި ވީޑިއޯތަކުން ފެންނަނީ ކޮންބައެއް ކަން ދެނެގަތުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުންވަނީ ބުނެފައެވެ.
މި މައްސަލައާ ގުޅިގެން މިހާތަނަށް އަލްމްގީރުގެ އިތުރުން ހަތަރު މީހަކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. އެއީ ނާޒިމް ސައްތާރާއި މުހައްމަދު ނަޝީދު (ކާނަލް)، ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ގައި މަސައްކަތްކުރި ސާޖަންޓް އަބްދުއްރަހުމާން ރަފީއު އަދި ނޫސްވެރިޔާ އަބްދުﷲ ނަސީރުއެވެ.
މީގެއިތުރުން އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ޓީޗަރުންތަކެއް ސަސްޕެންޑް ކޮށްފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި ހޯމް މިނިސްޓްރީގެ މުވައްޒަފަކުވެސް ސަސްޕެންޑް ކޮށްފައިވެއެވެ. އެހެންނަމަވެސް މި މައްސަލައާގުޅިގެން އިތުރު އެއްވެސް މީހަކު ހައްޔަރު ކުރިކަމުގެ މައުލޫމާތެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.