
މަޖިލީހުގެ ނައިބު ރައީސް ކަމަށް ނާޒިމް އާއެކު، ޕީއެންސީ ޕީޖީގެ އިސްވެރިން ހޮވައިފި
# މަޖިލިސް# ޕީއެންސީޕީއެންސީގެ ޖަލްސާއެއްގެ ތެރެއިން
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ކަމަށް ދިއްގަރު ދާއިރާގެ އިންތިޙާބީ މެންބަރު އަހްމަދު ނާޒިމް އައްޔަނުކުރެއްވުމަށް ފާސްކުރުމާއެކު، ވެރިކަންކުރާ ޕީއެންސީން އެ ޕާޓީގެ ޕީޖީގެ އިސްވެރިން ހޮވައިފިއެވެ.

ޕީއެންސީގެ ފަރާތުން 20 ވަނަ ރައްޔިތުންގެ މަޖިލީހުގައި ޕީޖީގެ އިސްވެރިންގެ ގޮތުގައި ތިއްބަވާނެ މެންބަރުން އައްޔަނުކޮށްފައިވަނީ މިއަދު މުލިއާގޭގައި ބޭއްވީ ޕީޖީގެ ބައްދަލުވުމުގައެވެ.
އެގޮތުން އެ ބައްދަލުވުމުގައި ޕާޓީގެ ރައީސްގެ ހައިސިއްޔަތުން ރައީސް ޑރ، މުޙައްމަދު މުޢިއްޒު ވެސް ބައިވެރިވެވަޑައިގެންނެވިއިރު، އެމަނިކުފާނު ވަނީ މަޖިލީހުގެ ރައީސް ކަމާއި ނައިބު ރައީސް ކަމަށް ދެ ބޭފުޅެއްގެ ނަން ހުށަހަޅުއްވާފައެވެ. އެގޮތުން އެ ބޭފުޅުންނަކީ:
- މަޖިލީހުގެ ރައީސް ކަމަށް ފޮނަދޫ ދާއިރާގެ އިންތިޙާބީ މެންބަރު އަދި އެ ޕާޓީގެ ޗެއާޕާސަން އަބްދުއް ރަޙީމް އަބްދުﷲ
- މަޖިލީހުގެ ނައިބު ރައީސް ކަމަށް ދިއްގަރު ދާއިރާގެ އިންތިޙާބީ މެންބަރު އަޙްމަދު ނާޒިމް.
މީގެ އިތުރުން، އެ ޕާޓީގެ ޕީޖީ ލީޑަރު ކަމަށް އިނގުރައިދޫ ދާއިރާގެ އިންތިޚާބީ މެންބަރު އިބްރާހިމް ފަލާހް އައްޔަނުކުރެއްވުމަށް ފާސްކުރެވުނުއިރު، ސީނިއާ ޑެޕިއުޓީ ލީޑަރު ކަމަށް ބާރަށު ދާއިރާގެ އިންތިޙާބީ މެންބަރު އިބްރާހިމް ޝުޖާއު އައްޔަނުކުރެއްވުމަށް ވެސް ފާސްކޮށްފައެވެ. މީގެ އިތުރުން ޑެޕިއުޓީ ޕީޖީ ލީޑަރު ކަމަށް ތިން ބޭފުޅަކު އައްޔަނުކުރެއްވުމަށް ވަނީ ފާސްކޮށްފައެވެ. އެ ބޭފުޅުންނަކީ:
- ވިލިމާލެ ދާއިރާގެ އިންތިޚާބީ މެންބަރު މުޙައްމަދު އިސްމަޢިލް
- މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ތޯރިޤް
- ހުޅުދޫ ދާއިރާގެ އިންތިޙާބީ މެންބަރު މުޙައްމަދު ޝާހިދު
ގުޅުންހުރި
.webp&w=3840&q=75)
ކޮންގްރެސް ޕާޓީގެ ހަރުގެ ޖަލްސާއެއް މާދަމާ ރޭ!

ޕާޓީގެ ބޭނުމަށް މަޢުލޫމާތުތަކެއް ހޯދުމަށް ބުނެ ދައުރުވަމުންދަނީ ފޭކު މެސެޖުތަކެއް - ޕީއެންސީ

ޕީއެންސީގެ ހިންގުމުން އަބްދުއްރަހީމް ދުރުކޮށް ހިންގުން ފަލާހުއާއި ހަވާލުކުރި ކަމަށްބުނެ ފަތުރަނީ ދޮގެއް - މުއާޒް
