logoEN
cocacola
ހިމްނާ 100 މީޓަރު ދުވުމުގެ ގައުމީ ރެކޯޑް މުގުރާލައިފި

ހިމްނާ 100 މީޓަރު ދުވުމުގެ ގައުމީ ރެކޯޑް މުގުރާލައިފި

އަލްފާ އަލީ

logo

8/2/2022, 10:13:38 PM

# އެތުލެޓިކްސް# ހިމްނާ ހަސަން

himna

ރާއްޖޭގެ އަންހެނުންގެ 100 މީޓަރު ދުވުމުގެ ގައުމީ ރެކޯޑް އައިޝަތު ހިމްނާ ހަސަން މުގުރާލައިފި އެވެ.

ގޮސިޔާ

ހިމްނާ ރެކޯޑް އާކުރީ މިހާރު އިނގިރޭސިވިލާތުގައި ކުރިއަށްދާ ކޮމަންވެލްތް ގޭމްސްގައި 12.17 ސިކުންތުން ދުވެގެންނެވެ. މި ރެކޯޑް މީގެކުރިން އޮތީ ކުރީގެ އެއްވަނަ ދުވުންތެރިޔާ ޝަމްހާ އަހުމަދުގެ އަތުގަ އެވެ. މީގެ 20 އަހަރުކުރިން ޝަމްހާ އެ ރިކޯޑް އާކުރީ ވޯލްޑް ޗެމްޕިއަންޝިޕްގައި 12.27 ސިކުންތުން ދުވެގެންނެވެ.

މިއީ ބައިނަލްއަޤުވާމީ މުބާރާތެއްގައި ހިމްނާ 100 މީޓަރު ދުވުމުގައި ބައިވެރިވި ފުރަތަމަ ފަހަރު ކަން ފާހަގަކޮށްލެވެއެވެ.

އަންހެނުންގެ 100 މީޓަރު ދުވުމުގެ ރެކޯޑް ހިމްނާ މުގުރާލިއިރު، 400 މީޓަރު ދުވުމުގެ ގައުމީ ރިކޯޑް ވެސް މިހާރު އޮތީ ހިމްނާ އަތުގަ އެވެ.

https://gaafu.mv/64500

ހިމްނާ ވަނީ 2018 އަދި 2019 ވަނަ އަހަރު އަންހެނުންގެ 400 މީޓަރު ދުވުމުގެ ގައުމީ ރިކޯޑާއި، ޖޫނިއާ އަންހެނުންގެ 400 މީޓަރު ދުވުމުގެ ގައުމީ ރިކޯޑުގެ އިތުރުން 400 މީޓަރު ދުވުމުން ގައުމީ ޔޫތު ރިކޯޑު ގާއިމުކޮށްފަ އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ