logoEN
cocacola
ގްރޯން ޕްރީ މުބާރާތުންވެސް އިބާދުﷲ އަށް ބޮޑެތި ކާމިޔާބީތަކެއް

ގްރޯން ޕްރީ މުބާރާތުންވެސް އިބާދުﷲ އަށް ބޮޑެތި ކާމިޔާބީތަކެއް

ގާފު އެޑިޓޯރިއަލް

logo

12/18/2021, 11:38:19 PM

# އެތުލެޓިކްސް

photo_2021-12-18_23-34-59

ގައުމީ ގްރޯން ޕްރީ މުބާރާތުގައިވެސް ރާއްޖޭގެ ޒުވާން އެތުލީޓު ގދ. ތިނަދޫ އުދަބާނީ، އިބާދުﷲ އާދަމް ބޮޑެތި ކާމިޔާބީތަކެއް ހޯދައިފިއެވެ.

ގޮސިޔާ

ކުރިއަރަމުން އަންނަ ޒުވާން އެތުލީޓަކީ މިހާރު ރާއްޖެއިން 100، 200 މީޓަރު ދެވަނައަށް އެންމެ ބާރަށް ދުވާ ދުވުންތެރިޔާއެވެ.

ރާއްޖޭގައި ބޭއްވި 3ވަނަ ޤައުމީ ގްރޯން ޕްރީ މުބާރާތުގައި އިބާދުﷲ ވަނީ 100، 200 މީޓަރު އިވެންޓުތަކުން 2ވަނަ ހޯދާފައެވެ. މި އިވެންޓުތަކުން އެއްވަނަ ހޯދީ ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު އެވެ.

200 މީޓަރު އިވެންޓުން އިބާދުﷲ ދެވަނަ ހޯދި އިރު އެންމެ ފަހުން ބޭއްވި ޤައުމީ ގްރޯން ޕްރީ މުބާރާތުން އިބާދުﷲ އަށް ލިބުނީ 3ވަނަ އެވެ. މިފަހަރު މުބާރާތުގައި 200 މިޓަރު އިވެންޓުން އިބާދުﷲ ދެވަނަ ހޯދީ "ޕާސަނަލް ބެސްޓް" ޓައިމިންގ އާއެކުއެވެ.

މި މުބާރާތުގައި އިބާދުﷲ ހޯދި އަނެއް ކާމިޔާބަކީ ލޯންގް ޖަމްޕް އިވެންޓުން އެއްވަނަ ހޯދުމެވެ.

އެންމެ ފަހުން ބޭއްވި ޤައުމީ އެތުލެޓިކްސް ޗެމްޕިއަންޝިޕުގައިވެސް އިބާދުﷲ ވަނީ ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ