logoEN
cocacola
400 މީޓަރުގެ ގައުމީ ރެކޯޑު ފަސްވަނަ ފަަހަރަށް ހިމްނާ އައުކޮށްފި

400 މީޓަރުގެ ގައުމީ ރެކޯޑު ފަސްވަނަ ފަަހަރަށް ހިމްނާ އައުކޮށްފި

ޙުސައިން އާހިލް

logo

6/14/2022, 11:30:16 AM

# ކުޅިވަރު# އެތުލެޓިކްސް# ހިމްނާ ހަސަން

himna

400 މީޓަރުގެ އަންހެނުންގެ ގައުމީ ރެކޯޑު އެއް އަހަރު ތެރޭ ދެވަނަ ފަހަރަށް އައިޝަތު ހިމްނާ ހަސަން މުގުރާލައިފިއެވެ.

ގޮސިޔާ

އެއް އަހަރުދުވަހުގެ ތެރޭ ދެފަހަރަށް 400 މީޓަރުގެ އަންހެނުންގެ ގައުމީ ރެކޯޑު ހިމްނާ އައުކޮށްފައިވާއިރު، ހިމްނާ ވަނީ ޖުމްލަ 5 ފަހަރު އެރެކޯޑު އައުކޮށްފައެވެ.

އިއްޔެ ބޭއްވި ގައުމީ ޓީމު ސެލެކްޝަންގެ ޓައިމް ޓްރެއަލްގައި ހިމްނާގެ ރިކޯޑު އައު ކޮށްފައިމިވަނީ، ކުރިން އޭނާ ހެދި 400 މީޓަރުގެ ރެކޯޑަށްވުރެ އެއް މިނެޓާއި 30 ސިކުންތަށްވުރެ އަވަހަށް ނިންމައިގެންނެވެ.

މިދިޔަ އަހަރު ކެންޔާގައި ބޭއްވި 20 އަހަރުން ދަށުގެ ވޯލްޑް އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ވާދަކޮށް 58.90 ސިކުންތުން އޭނާ ހެދި ރެކޯޑް އިއްޔެ ހުޅުމާލޭ ސިންޓެޓިކް ޓްރެކްގައި ދުވެ އޭނާ ނިންމީ 57.56 ސިކުންތުންނެވެ.

އޭގެ ކުރިން ވެސް އެ އިވެންޓްގެ ރެކޯޑް އޮންނަނީ ހިމްނާ އަތުގަ އެވެ. ހޮންކޮން ގައި 2019 ގައި ބޭއްވި އެތުލެޓިކްސް ޔޫތު ޗެމްޕިއަންޝިޕްގައި ވާދަކޮށް ހިމްނާ ރޭސް ނިންމީ 59.18 ސިކުންތުންނެވެ. އިއްޔެ އަކީ އޭނާ މިރެކޯޑް އާ ކުރި ފަސްވަނަ ފަހަރެވެ. ޔޫތު އޮލިމްޕިކްސް ކޮލިފައިންގައި 2018 ގައި ވާދަކޮށް ހިމްނާ ވަނީ ދެވަނަ ފަހަރަށް އެ ރެކޯޑް އާ ކޮށްފަ އެވެ. އޭރު އޭނާ ރޭސް ނިންމީ 59.73 ސިކުންތުންނެވެ.

މި އިވެންޓްގެ ރެކޯޑް ހިމްނާ އެންމެ ފުރަތަމަ ހެދީ 2018 ގައި ބޭއްވި، އޭޝިއަން ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕުގަ އެވެ. އިންޑީއާގެ ނިއު ދިއްލީގައި 2010 ގައި ބޭއްވި ކޮމަންވެލްތު ގޭމްސްގައި މިރްފަތު އަހްމަދު، 1:33 (އެއް މިނެޓް ތިރިސް ސިކުންތު) ނިންމައިގެން ހެދި ރެކޯޑް ހިމްނާ މުގުރާލި 59.76 ސިކުންތުންނެވެ.

ޑިސެމްބަރު 2019 ގައި ނޭޕާލްގައި ބޭއްވި ސައުތު އޭޝިއަން ގޭމްސްގެ 400 މީޓަރުގައި ވާދަކޮށް އެ ކެޓެގެރީގެ ފައިނަލަށް ވެސް ހިމްނާ ދަތުރު ކުރި އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ