
ރައީސް އޮފީހުގެ ތަރުޖަމާންގެ މަގާމަށް މަބްރޫކް އައްޔަންކުރައްވައިފި
# ރައީސް އޮފީސް# ތަރުޖަމާން# މަބްރޫކް277193_3_50d0ecbfedd64b33bafe4264860a47cb6b816fd0_large
ރައީސް އޮފީހުގެ ތަރުޖަމާނުގެ މަގާމަށް އެ އޮފީހުގެ އަންޑަ ސެކްރެޓަރީގެ މަގާމުގައި ހުންނެވި މަބްރޫކް އަޒީޒް މިއަދު އައްޔަންކުރައްވައިފި އެވެ.

އެމަގާމަށް މަބްރޫކް އައްޔަން ކުރެއްވުމުގެ ކުރިން އެމަގާމާ ހަވާލުވެ ހުންނެވީ އެ އޮފީހުގެ ޗީފް ކޮމިއުނިކޭޝަން ސްޓްރެޓެޖިސްޓްގެ މަގާމުގައި ހުންނެވި އިބްރާހިމް ހޫދެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ދުވަސްވަރުން ފެށިގެން މިއަދާ ހަމައަށް އެ މަގާމުގައި ހުންނެވީ ހޫދު އެވެ.
ސްޕޯކްސްޕާސަންގެ ހައިސިއްޔަތުން، ހޫދު އެންމެ ފަހުން ކުރެއްވި ޓްވީޓުގައި ވިދާޅުވީ މި މަހުގެ 1 ވަނަ ދުވަހުން ފެށިގެން ސްޕޯކްސްޕާސަންގެ މަގާމަށް މަބްރޫކް އައްޔަންކުރައްވާފައިވާ ކަމަށެވެ. ޗީފް ކޮމިއުނިކޭޝަން ސްޓްރެޓެޖިސްޓްގެ ހައިސިއްޔަތުން ދެން އިސްކަން ދެއްވާނީ ރައީސް އޮފީހުގެ ކޮމިއުނިކޭޝަން ކަންތައްތަކަށް ކަމަށް ވިދާޅުވި އެވެ.
ޕޮލިޓިކަލް ސައިންސް އަދި ޕަބްލިކް ސްޕީކިންގެ ދާއިރާ އިން މަތީ ތައުލީމު ހާސިލް ކުރައްވާފައިވާ މަބްރޫކް، އެންމެ ފަހުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ފެލިދޫ ދާއިރާއަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރެއްވި އެވެ. ނަމަވެސް ހަނި ގޮތަކުން އެ ގޮނޑި އޭނާއަށް ނާކާމިޔާބުވެވަޑައިގެންނެވީ އެވެ.
ގުޅުންހުރި

ޤައުމީ ޚިދުމަތުގެ ޕްރޮގްރާމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ޒުވާނުންނަށް މިރޭ ފުރުސަތު ހުޅުވާލަނީ

ޔުމްނު ވެއްޓުނު ހާދިސާ ތަހުގީގު ކުރާ ކޮމިޝަނަށް ބަދަލުތަކެއް!

ދާވޫދު ރައީސް އޮފީހުން ސަސްޕެންޑުކޮށް އިޒްދިޔާން މަގާމުން ވަކިކޮށްފި
