
ގަލްފް ހަނގުރާމައާއިއެކު ރާއްޖޭގެ ފަތުރުވެރިކަމަށް ކުރި އަސަރު ކުރިން އަންދާޒާ ކުރި މިންވަރަށް ވުރެ މާ ކުޑަ!
# ރައީސް އޮފީސް-
މެދުއިރުމައްޗާއި ގަލްފު ސަރަޙައްދުގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ބައިނަލްއަޤްވާމީ ވައިގެ ދަތުރުފަތުރަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވީ ނަމަވެސް، ރާއްޖޭގެ ފަތުރުވެރިކަމަށް ކުރި އަސަރު ކުރިން އަންދާޒާ ކުރި މިންވަރަށް ވުރެ މާ ކުޑަކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.

"ޕްރެސަރ ވިތު ދަ ސްޕޮކްސް" ސިލްސިލާގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް ވިދާޅުވީ، މިދިޔަ އަހަރާ އަޅައިބަލާއިރު މިއަހަރުގެ މިހާތަނަށް ފަތުރުވެރިން ޒިޔާރަތްކުރި މިންވަރު ހީނަރުވެފައިވަނީ އެންމެ 16 އިންސައްތައިން ކަމަށާއި، މިއީ ހަނގުރާމަ ފެށުނުއިރު މަސްއޫލުވެރި އިދާރާތަކުން ލަފާކުރި މިންވަރަށް ވުރެ މާ ކުޑަ އަދަދެއް ކަމުން މިއީ ލިބުނު ބޮޑު އުންމީދެއް ކަމަށެވެ.
ކުރިއަށް އޮތް ހޫނު މޫސުމުގެ ޗުއްޓީ ދުވަސްވަރާ ދިމާކޮށް ފަތުރުވެރިކަން އިތުރަށް ކުރިއެރުވުމަށްޓަކައި، ރާއްޖެއާއި ބޭރުގެ މާކެޓްތަކާ ދެމެދު ކުރާ އުދުހުންތައް އިތުރުކޮށްދިނުމަށް އެއާލައިން އޮޕަރޭޓަރުންގެ ކިބައިން ސަރުކާރުން މިހާރު ވަނީ އެދިފައެވެ.
ހަމައެއާއެކު، ހުރްމޫޒް ކަނޑުއޮޅި ބަންދުވުމުގެ ސަބަބުން ރާއްޖެއަށް މުދަލުގެ ދަތިކަމެއް ކުރިމަތިވިޔަނުދިނުމަށްޓަކައި، އެންމެ ގިނައިން މުދާ އެތެރެކުރާ ޔޫ.އޭ.އީގެ ރޫޓުތަކަށް ސަރުކާރުން ވަނީ ކާމިޔާބު ބަދަލުތަކެއް ގެނެސްފައެވެ.
އަދި ރާއްޖެއަށް މުދާ އެތެރެކުރެވޭނެ އިތުރު ބަދަލު މަގުތައް ހޯދުމުގެ މަސައްކަތް ވަޒީރުންގެ ޚާއްޞަ ކޮމިޓީއަކުން ވަރަށް ހަލުވިކަމާއެކު ކުރިއަށްގެންދާ ކަމުގެ ޔަޤީންކަންވެސް ތަރުޖަމާނު ދެއްވިއެވެ.
ގުޅުންހުރި

ގަލްފް ހަނގުރާމައާއިއެކު ރާއްޖޭގެ ފަތުރުވެރިކަމަށް ކުރި އަސަރު ކުރިން އަންދާޒާ ކުރި މިންވަރަށް ވުރެ މާ ކުޑަ!

އާރް.ޓީ.އައި ބެކްލޮގް ސުމަކަށް: ރައީސް އޮފީހުން ހުރިހާ ފޯމަކަށް ޖަވާބުދީފި

ވަކި ފަންނަކަށް ނިސްބަތްވިޔަތީ، ޤާނޫނާ ޚިލާފުވެގެން އަޅާ ފިޔަވަޅުތަކުން ވަކި ބަޔަކު އިސްތިސްނާކުރުމަކީ ސަރުކާރުގެ ސިޔާސަތެއް ނޫން!




