logoEN
WAMCO TOP 1
ބީއެމްއެލްއާ ޙަވާލުކުރި 3،260 ހައުސިންގ ޔުނިޓުގެ މަޝްރޫތަކުގެ ތެރެއަށް 710 ޔުނިޓް އިތުރުކަނީ

ބީއެމްއެލްއާ ޙަވާލުކުރި 3،260 ހައުސިންގ ޔުނިޓުގެ މަޝްރޫތަކުގެ ތެރެއަށް 710 ޔުނިޓް އިތުރުކަނީ

އަހުމަދު ޝުރާއު

logo

6/27/2026, 12:03:21 PM

# ތަރުޖަމާން

-

ހުޅުމާލެ ފޭސް 1، ފޭސް 2 އަދި ވިލިމާލެވެސް ހިމެނޭހެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި ސަރުކާރުން ޙަވާލުކޮށްފައިވާ 3،260 ހައުސިންގ ޔުނިޓްގެ ބޮޑު މަޝްރޫޢުގެ އިތުރުން، އެ ކުންފުނީގެ ކެޕޭސިޓީ ހުރުމުން އިތުރު 710 ހައުސިންގ ޔުނިޓް އިތުރުކުރަން ސަރުކާރުން ނިންމައިފިއެވެ.

THE TRAVELLER AD

މިކަން ހާމަކުރެއްވީ ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް (މުންދު) އެވެ. އިސް ތަރުޖަމާނު މިހެން ވިދާޅުވީ، ރައީސް އޮފީހުން ކުރިއަށްގެންދާ ''ޕްރެސަރ ވިތު ދަ ސްޕޮކްސް'' ސިލްސިލާ ނޫސްވެރިންގެ ބައްދަލުވުމުގައި، ސަރުކާރުން ކުރިއަށްގެންދަވާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކާ ގުޅޭގޮތުން ނޫސްވެރިޔަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

މި ބަދަލާއެކު ބީއެމްއެލް މެދުވެރިކޮށް މާލެ ސަރަހައްދުގައި އެޅުމަށް ހަމަޖެހިފައިވާ ޖުމްލަ ހައުސިންގ ޔުނިޓްގެ އަދަދު މިހާރު ވަނީ 3,970 އަށް އަރާފައެވެ.

ތަރުޖަމާނުގެ ވާހަކަފުޅުގައި، ބީއެމްއެލްއާ ޙަވާލުކުރި މަޝްރޫޢުތަކުގެ އެންމެ ފަހުގެ ތަފްސީލުތައް ހިއްސާކުރައްވަމުން ވިދާޅުވީ، އެންމެ މަޝްރޫޢެއް ފިޔަވައި އެހެން ހުރިހާ މަޝްރޫޢުތަކެއްގެ މަސައްކަތްތައް މިހާރު ވަނީ ކޮންޓްރެކްޓަރުންނާ ރަސްމީކޮށް ޙަވާލުކުރެވިފައެވެ. އަދި އެތަންތަނުގެ ޑިޒައިން ކުރެހުންތައް މުޅިން ނިމި، މިހާރު ވަނީ ފާސްކޮށް ނިމިފައެވެ.

އެހެންކަމުން، މި ބޯހިޔާވަހިކަމުގެ ބޮޑު މަޝްރޫޢުގެ ދަށުން ބިނާކުރާ ހުރިހާ ފްލެޓްތަކެއްގެ ޢަމަލީ މަސައްކަތް ބާރުދުވެލީގައި ފެށުމުގެ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ނިމިފައިވާ ކަމަށް އިސް ތަރުޖަމާނު ވިދާޅުވިއެވެ.

ކޮމެންޓް
ފަހުގެ
HDC