logoEN
WAMCO TOP 1
އާރް.ޓީ.އައި ބެކްލޮގް ސުމަކަށް: ރައީސް އޮފީހުން ހުރިހާ ފޯމަކަށް ޖަވާބުދީފި

އާރް.ޓީ.އައި ބެކްލޮގް ސުމަކަށް: ރައީސް އޮފީހުން ހުރިހާ ފޯމަކަށް ޖަވާބުދީފި

އަހުމަދު ޝުރާއު

logo

5/24/2026, 6:16:35 AM

# ރައީސް އޮފީސް

-

މަޢްލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުން އިސްތިސްނާ ކަނޑައަޅުއްވާފައިވާ ދާއިރާތަކުން މަޢުލޫމާތު ހޯދުމަށް ހުށަހަޅާފައިވާ ފޯމުތައް ފިޔަވައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ހުށަހަޅާފައިވާ ހުރިހާ އާރް.ޓީ.އައި ފޯމަކަށް މިދިޔަ ހުކުރު ދުވަހުގެ ނިޔަލަށް ޖަވާބުދީ ނިންމާފައިވާ ކަމަށް ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް ވިދާޅުވެއްޖެއެވެ.

THE TRAVELLER AD

ތަރުޖަމާނު މިހެން ވިދާޅުވީ، ނޫސްވެރިންނަށް މަޢުލޫމާތު ދިނުމަށް ބާއްވާ "ޕްރެސަރ ވިތު ދަ ސްޕޮކްސް" ސިލްސިލާގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، ޤައުމީ ސަލާމަތާއި އަމިއްލަ މިނިވަންކަމާ ގުޅުންހުރި، ޤާނޫނީގޮތުން ހާމަނުކުރެވޭނެ މަޢުލޫމާތުތައް ފިޔަވައި އެހެން ހުރިހާ ފޯމުތަކެއްގެ މަސައްކަތް މިހާރު ވަނީ އެއްކޮށް ނިންމާލެވިފައެވެ.

ސަރުކާރުގެ އެހެން ވުޒާރާތަކާއި އިދާރާތަކުންވެސް މި ނަމޫނާ ބަލައި، މަޢުލޫމާތު ހޯދަން ހުށަހަޅާ ފޯމުތަކަށް ވީހާވެސް އަވަހަށް ޖަވާބުދިނުމަށް ތަރުޖަމާނު ހިއްވަރު ދެއްވިއެވެ. އަދި މިކަން އަވަސްކުރުމަށް ބޭނުންވާ ފަންނީ އެހީތެރިކަން ސަރުކާރުން އެހެން އިދާރާތަކަށް ފޯރުކޮށްދެމުންދާ ކަމަށްވެސް ވިދާޅުވިއެވެ.

މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އެންމެ ބޮޑު އަމާޒަކީ މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ 37 ވަނަ މާއްދާގައި ބަޔާންކުރާ ގޮތަށް، ރައްޔިތުން އެދުމުގެ ކުރިން ސަރުކާރުގެ އިސްނެގުމުގައި މަޢުލޫމާތު ޢާންމުކުރުމުގެ ޒިންމާ ސައްތައިން ސައްތަ އަދާކުރާ ދެފުށް ފެންނަ ވެރިކަމެއް ޤާއިމުކުރެއްވުން ކަމަށްވެސް ތަރުޖަމާނު ވިދާޅުވިއެވެ.

ކޮމެންޓް
ފަހުގެ
HDC