
ދިވެހި ރައްޔިތުން ގަޟާހާޖާ ކުރަންވެސް ރައީސް ނަޝީދުގެ ހުއްދަ ހޯދަން ޖެހޭކަމަށް ނުދަނެހުރިން – ޝިޔާމް
# ޝިޔާމް# ރައީސް ނަޝީދުl_2020_05_12_075310_ni3mp5o9dlyqa2x1zkc8vtshgrw7b4jf6eu_EN_
ދިވެހި ރައްޔިތުން ގަޟާހާޖާ ކުރަންވެސް ރައީސް ނަޝީދުގެ ހުއްދަ ހޯދަން ޖެެހޭކަމެއް ނުދެެނަހުރިންކަމަށް ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ފާޑު ވިދާޅުވަމުން ކުރެއްވި ޓްވީޓެއްގައި މެމްބަރު ޝިޔާމް ވިދާޅުވެފައިވަނީ ރައީސް ނަޝީދު އަމިއްލަ ފުޅަށް ކުރެއްވި ކަމެއްގެ މަސްތުގައި ބަދަލު ހިއްޕެވުމުގެ ރޫހުގައި ހަޔާތް ހޭދަކުރައްވަމުން ގެންދަވާ ކަމަށާއި، ރައީސް ޔާމީން ޖަލުން މިނިވަންކުރައްވާ ގައުމު އާރާސްތު ކުރުމަށެވެ.
މެމްބަރު ޝިޔާމް ރައީސް ނަޝީދަށް ފާޑު ވިދާޅުވެފައި މިވަނީ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ޑރ.އަބްދުﷲ ފައިރޫޝް ރިޓަޔާ ކުރެއްވުމާއި ގުޅިގެން އެމައްސަލަ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާއި ބެހޭ ކޮމެޓީ (241 ކޮމޓީ) އަށް ހުށަހެޅުއްވުމާއި ގުޅިގެންނެވެ. މި މައްސަލައަށް އިޝާރަތް ކުރައްވަމުން ޝިޔާމް ވިދާޅުވިގޮތުގައި ރައްޔިތުން ގަޟާހާޖާ ކުރަންވެސް ރައީސް ނަޝިދުގެ ހުއްދަ ނަންގަވަން ޖެހިވަޑައިގަންނަވާ ކަމަށް ދެކިވަޑައި ނުގަންވާ ކަމށެވެ.
ރައީސް ނަޝީދު މިމައްސަލަ 241 ކޮމެޓީއަށް ހުށަހަޅުއްވާފައިވަނީ ފުލުހުންގެ ޚިދުމަތުގެ ޤާނޫނު ރައްޔިތުންގެ މަޖިލީހުން ބޮޑެތި ބަދަލުތަކާއި އެކީ ފާސްކޮށް، ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރައްވާފައިވަނިކޮށް އެ ޤާނޫނުގައިވާ ގޮތުގެ މަތިން ނޫނީ ފުލުހުންގެ އޮފިސަރަކަށް ރިޓަޔާ ނުކުރެއްވޭނެ ކަމުގައި ދެކެވަޑައިގެން ޑރ.ފައިރޫޝް ރިޓަޔާ ކުރެއްވީ އެގާނޫނުގައި ވާގޮތަށް ނޫން ކަމުގައި ދެކެވަޑައިގެންނެވެ.
ރައީސް ނަޝީދު އެހެން ދެކެވަޑައިގަތްކަމުގައިވިޔަސް، ފުލުހުންގެ ގާނޫނު ރައިސްލްޖުމްހޫރިއްޔާ ތަސްދީގް ކޮށްފައިވަނީ ނިމިދޔަ 2020ވަނަ އަހަރުގެ ޑިސެެމްބަރު 27 ގައި ކަމުން، އެގާނޫނުގައި ވާ ގޮތުން ގާނޫނަށް އަމަލު ކުރަން ހަމަ ޖެހިފައިވަނީ ގާނޫނު ތަސްދީގްކޮށް، ގެޒެޓް ކުރިތާ ތިންމަސްދުވަސް ހަމަވާ ތާރީޙުން ފެށިގެންނެވެ.
ގުޅުންހުރި

ސޯލިހުގެ މަރުހަބާ ނަޝީދުއަށް: "ކުރަން ހުރި ސިޔާސީ މަސައްކަތް ވަރަށް ގިނަ، ދެން އޮތީ އެންމެން އެކީ ކުރިއަށް ދިއުން"

ކާމިޔާބީއަށްފަހު ނަޝީދު: މިއީ ރާއްޖޭގެ ޑިމޮކްރަސީއަށާއި އިޞްލާޙީ މަސައްކަތްތަކަށް ލިބުނު ބޮޑު މޮޅެއް!

ނޫސްވެރިން ހައްޔަރުކުރުމާއި ދެކޮޅަށް ކުރާ މުޒާހަރާއަށް މިރޭ ނަޝީދު ނުކުމެވަޑައިގަންނަވަނީ




