logoEN
WAMCO TOP 1
އަގުބޮޑު ގަޑިއެއްކަމަށް ހީކޮށް ފޭރުނު ގަޑިއަކީ ފޭކެއް ކަން އެނގުމުން އަނބުރާ ދީފި

އަގުބޮޑު ގަޑިއެއްކަމަށް ހީކޮށް ފޭރުނު ގަޑިއަކީ ފޭކެއް ކަން އެނގުމުން އަނބުރާ ދީފި

އަލްފާ އަލީ

logo

7/23/2022, 3:01:20 PM

# ހޮޅުއަށި

http___cdn.cnn.com_cnnnext_dam_assets_220721160053-03-naples-thieves-watch-tourist-robbery

އިޓަލީގެ ނެޕްލް ސިޓީގައި ފަތުރުވެރިއެއްގެ އަތުން ފޭރުނު ގަޑިއަކީ ފޭކެއް ކަން އެނގުމުން އެ ގަޑި އަނބުރާ ރައްދުކޮށްފިއެވެ.

THE TRAVELLER AD

މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި ނެޕްލްސް އަށް ގޮސް އުޅުނު ސްވިޒަލޭންޑުގެ ދެ ފަތުރުވެރިއަކަށް ބަޑިން ބިރު ދައްކައި އެމީހުން އަތުން ފޭރެން މަސައްކަތް ކޮށްފައިވަނީ ރޭގެ ވަގުތެއްގައެވެ. ނެޕްލްސްގެ މައި ސަރަހައްދުގެ ކެފޭ އެއްގައި އެ ދެ ފަތުރުވެރިން ތިއްބާ ޒުވާނަކު އައިސް އައިސް، އެކެއްގެ ބޮލުގައި ބަޑި ޖައްސައި ބިރު ދެއްކުމަށްފަހު އޭގެ ތެރެއިން މީހެއްގެ އަތުގައި އޮތީ އަގުބޮޑު ގަޑިއެއް ކަމަށް ހީކޮށް އެ ގަޑި ފޭރިގެން ދިޔައީ އެވެ.

އޭގެ ހަތް ވަރަކަށް މިނެޓު ފަހުން، އެހެން ޒުވާނަކު އެ ކެފޭގެ ބޭރުގައި ހުރެ އަތުން ހަނާ އަޅައި މައާފަށް އެދެމުން ފޭރުނު ގަޑި އަނބުރާ ރައްދުކުރާ މަންޒަރު ކެފޭގެ ސީސީޓީވީއަށް ވަނީ އަރާފައެވެ.

undefined

ޚަބަރުތައް ބުނާ ގޮތުގައި ފަތުރުވެރިޔާގެ އަތުން އެ ގަޑި ފޭރުނީ ގަޑިއަކީ މަޝްހޫރު އަތު ކުރި ގަޑީގެ ބްރޭންޑެއް ކަމަށްވާ ރިޗަޑް މިލް ބްރޭންޑުގެ ގަޑިއެއް ކަމަށް ހީކޮށެވެ. ނަމަވެސް ގަޑިއަކީ އެ ބްރޭންޑު އަސްލަކަށް ބަލައިގެން ހަދާފައިވާ ފޭކު ގަޑިއެއްކަން އެނގުމުން ގަޑި އަނބުރާ ރައްދުކުރީ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ކޮމެންޓް
ފަހުގެ
HDC