
ޕީޕީއެމްގެ ވެރިކަމެއްގައި، މަސްދަރު ހާމަކުރަންޖެހޭ މާއްދާ އުވާލާނަން - އާދަމް ޝަރީފް
# އާދަމް ޝަރީފް އުމަރު# ހެއްކާއި ބެހޭ ބިލުl_2019_09_01_034419_6rlfkmet5ngdz382hjqopias7bv4ycxuw19_EN_
ޕީޕީއެމްގެ ވެރިކަމެއްގައި، ހެއްކާއިބެހޭ ގާނޫނަށް ގެނައި އިސްލާހުގައިވާ، ނޫސްވެރިން މަސްދަރު ހާމަކުރަންޖެހޭ މާއްދާ އުވާލައްވާނެ ކަމަށް އިދިކޮޅު ކޯލިޝަންގެ ޕީޖީ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މަޖިލިސް މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފް މިހެން ވިދާޅުވެފައިވަނީ، މަސްދަރު ހާމަކުރަން ޖެހޭ މާއްދާ ދިފާޢުކޮށް، ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސް އެޅޭނެ ކަމެއް ނުކުރާނެ ކަމަށް ސަރުކާރުން ވިދާޅުވެ ހެއްކާއިބެހޭ ބިލު ދިފާއު ކުރެއްވުމާއި ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ.
އެޓުވީޓުގައި އާދަމް ޝަރީފް ވިދާޅުވީ، މަސްދަރު ހާމަކުރާ ބިލް ސަރުކާރުން ތަސްދީޤު ކުރުމަށްފަހު މިހާރު ދައްކަމުންދަނީ ބަހަނާ ކަމަށާއި، ނޫސްވެރިންނަށް ހުރި ބިރުވެރިކަމާއި ގޮންޖެހުންތައް ވަރަށް ގިނަ ކަމަށެވެ.
އަދި ޕީޕީއެމްގެ ވެރިކަމެއްގައި ހެއްކާއިބެހޭ ގާނޫނުގެ، މަސްދަރު ހާމަކުރަންޖެހޭ މާއްދާ އުވާލާނެ ކަމަށް އާދަމް ޝަރީފް ކުރެއްވި ޓުވީޓުގައި ވިދާޅުވެފައިވެއެވެ.
އާދަމް ޝަރީފް މިހެން ވިދާޅުވެފައިވާއިރު، މަސްދަރު ހާމަކުރަންޖެހޭ މާއްދާއާއި ދެކޮޅަށް ގިނަ ބަޔަކު ގެންދަނީ ނުރުހުން ފާޅުކުރަމުންނެވެ. އަދި އެމާއްދާގެ ސަބަބުން މިނިވަން ނޫސްވެރިކަމަށް ބޮޑެތި ހުރަސްތަކެއް އެޅިގެންދާނެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.
ގުޅުންހުރި

މަޑުއްވަރީ އައު ކައުންސިލު އިމާރާތުގެ މަސައްކަތް މިނިސްޓަރ އާދަމް ޝަރީފް ބައްލަވައިލައްވައިފި

މިއަހަރު 113،382 ގޭބީސީއަކަށް މަސްދަޅުކޭސް ދޫކޮށްފި
ސިޔާސީ ގޮތުން ވިސްނައިފިނަމަ ޕީއެންސީއަށްވުރެ ވޯޓުދޭން ރަނގަޅު ޕާޓީއެއް ނެތް - އާދަމް ޝަރީފް

.gif&w=3840&q=75)



