logoEN
WAMCO TOP 1
އަމީރުލް ޙައްޖު، ރާއްޖެ ވަޑައިގެންފި

އަމީރުލް ޙައްޖު، ރާއްޖެ ވަޑައިގެންފި

އަލްފާ އަލީ

logo

7/20/2022, 5:15:57 PM

# ހައްޖު# އިސްލާމިކް މިނިސްޓަރ# އަމީރުލް ހައްޖު

viber_image_2022-07-20_16-35-20-895

1443ވަނަ އަހަރު އަމީރުލް ޙައްޖުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުއްވި، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީ ޙައްޖުގެ އަޅުކަން އަދާކުރެއްވުމަށްފަހު މިއަދު ރާއްޖެ ވަޑައިގެންފިއެވެ.

THE TRAVELLER AD

މި ދަތުރުފުޅުގައި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީގެ އަނބިކަނބަލުންވެސް ބައިވެރިވަޑައިގެންނެވިއެވެ.

ރާއްޖޭގެ އަމީރުލް ޙައްޖު މިއަދު ރާއްޖެވަޑައިގެންފައިވާއިރު، ރާއްޖެއިން މިއަހަރު ޙައްޖަށް ދިޔަ ޙައްޖާޖީންގެ ތެރެއިން 157 ޙައްޖުވެރިން ވަނީ މިއަދު ހެނދުނު ރާއްޖެ އައިސްފައެވެ. އަދި މި އަންނަ ހޮނިހިރު ދުވަހު 175 ޙައްޖުވެރިން، 27 ޖުލައިގައި 117 ޙައްޖުވެރިން ރާއްޖެ އަންނާނެއެވެ.

މިއަހަރު ރާއްޖެއިން ޖުމްލަ 453 މީހަކު ޙައްޖުގެ އަޅުކަން އަދާކޮށްފައިވެއެވެ.

ރާއްޖޭގެ ޙައްޖު މިޝަންއިން ހާމަކުރައްވާގޮތުގައި ހުރިހާ ޙައްޖާޖީންގެ ޙާލުވެސް ރަނގަޅުކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

ކޮމެންޓް
ފަހުގެ
HDC