ދިވެހި ހައްޖުވެރިންގެ ފުރަތަމަ ގްރޫޕް ރާއްޖެ އަތުވެއްޖެ
އަހުމަދު ޝުރާއު
6/24/2024, 11:22:19 AM
--
މިއަހަރުގެ ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށްފަހު ދިވެހި ހައްޖުވެރިންގެ ފުރަތަމަ ގްރޫޕް ރާއްޖެ އަތުވެއްޖެ އެވެ.
ހައްޖުވެރިންގެ ފުރަތަމަ ގްރޫޕް މާލެ އައުމަށް ޖިއްދާއިން ފުރީ ރާޢްޖެ ގަޑިން މިއަދު ހެނދުނު 7:50 ގައެވެ. މި ފްލައިޓް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ޖައްސާފައިވަނީ މިއަދު މެންދުރު 1:55 ހާއިރު އެވެ.
ދެވަނަ ގްރޫޕު މިމަމަހުގެ 28 ވަނަ ދުވަހު އައުމަށް ހަމަޖެހިފައިވާއިރު ތިން ވަނަ ގްރޫޕު ޖުލައި މަހުގެ 1 ވަނަ ދުވަހު އަދި ހަތަރު ވަނަ ގްރޫޕު ޖުލައި މަހުގެ 4 ވަނަ ދުވަހު އައުމަށް ހަމަޖެހިފައިވާ ކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ބުނެއެވެ.
ރާއްޖެއިން މިއަހަރުގެ ހައްޖުގެ އަޅުކަމަށް 1150 ހައްޖުވެރިން ވަނީ ގޮސްފައި އެވެ. އަދި އަމީރުލްހައްޖުގެ ގޮތުގައި މިއަހަރު ރާއްޖޭގެ ފަރާތުން ވަޑައިގެންނެވީ ތައުލީމާއި ބެހޭ ވަޒީރެވެ.