
ކޮވިޑަށް ފައްސިވާ ކުޑަކުދިންގެ މިންވަރު އިތުރުވެ، އައިޖީއެމްއެޗްގެ ކުޑަކުދިންގެ ވޯޑު ފުރިއްޖެ
# ކޮވިޑް19# އައިޖީއެމްއެޗްIGMH
ކޮވިޑް19 އަށް ފައްސިވާ ކުޑަކުދިންގެ އަދަދުތައް އިތުރުވެ، އައިޖީއެމްއެޗްގެ ކުޑަކުދިންގެ ވޯޑު ފުރިއްޖެ އެވެ.

އެ ހޮސްޕިޓަލުގެ ކުޑަކުދިންގެ ހާއްސަ ޑރ. އަހުމަދު ފައިސަލް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކުޑަކުދިންނަށް ކޮވިޑް ޖެހޭ މިންވަރު ވަރަށް ބޮޑަށް އިތުރުވަމުން އަންނަ ކަމަށެވެ. އެކަމުގެ ސަބަބުން އައިޖީއެމްއެޗްގެ ކުޑަކުދިން އެޑްމިޓްކުރާ ފަންގިފިލާ އެއްކޮށް ފުރިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ކުޑަ👶ށް ކޮވިޑު ޖެހޭ މިންވަރު ގިނަވެ، ކޮވިޑަށް ފައްސި ވެގެން މި 🏥ގައި👶 ބާއްވާ ފަންގިފިލާ ފުރިއްޖެ. ދެންޖެހިދާނެ ހުޅުމާލޭ ފެސިލިޓީއަށް ފޮނުވަންވެސް.
ރައްކާވެތިބިއްޔާދަތުރެވެ.
— Ahmed Faisal (@Faisalnaifaru) July 20, 2022
އޭނާ ވިދާޅުވީ އަދި އިތުރަށް ކުދިން އެޑްމިޓްކުރަން ޖެހޭ ނަމަ ހުޅުމާލެ ފެސިލިޓީއަށް ފޮނުވަން ޖެހިދާނެ ކަމަށެވެ.
އިއްޔެ އާއްމު ކުރި ފާއިތުވެދިޔަ ހަފްތާގެ އަދަދުތަކަށް ބަލާއިރު، އެ ހަފްތާގައި ރާއްޖެއިން ފައްސިވެފައި ވަނީ 417 މީހެކެެވެ. އޭގެ ތެރެއިން 107 މީހުން ފައްސިވެފައި ވަނީ މާލެ އިންނެވެ. އަދި އަތޮޅު ތެރެއިން 210 މީހަކު ކޮވިޑަށް ފައްސިވިއިރު، ރިސޯޓްތަކާއި، އިންޑަސްޓްރިއަލް ރަށްތަކުން 98 މީހަކު ކޮވިޑަށް ފައްސިވެފައި ވެއެވެ.
ގުޅުންހުރި

ކޮރަޕްޝަންގެ މައްސަލައަކާ ގުޅިގެން ޑރ. އަލީ ލަތީފް އާއި ކުޑަބަންދޭގެ މައްޗަށް ދައުވާކުރަން ފޮނުވައިފި

އައިޖީއެމްއެޗްގެ ނަރުހަކު މަސްތުވާތަކެތި ބޭނުންކުރާ މައްސަލައެއް ބަލަނީ

މާދަމާ އައިޖީއެމްއެޗްގެ ސްޕެޝެލިސްޓް އޯޕީޑީއާއި އެހެނިހެން ކްލިނިކް ޚިދުމަތްތައް ބަންދުވާނެ!

އައިޖީއެމްއެޗްއާއި ގުޅިގެން ކޭއާރްއެޗްއިން ކުޅުދުއްފުށީގައި ސާޖަރީ ކޭމްޕެއް ބާއްވަނީ
ފަހުގެ

ބޭރު ފައިސާ މާރުކުުރުމުގައި ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފި

ޝަމްއާން ޝަރީއަތް ނިމެންދެން ބަންދަށް!

ވިލިނގިލި ބަނދަރު ހެދުމުގެ ފޭސް 3ގެ ބޮޑު އިންސައްތައެއްގެ މަސައްކަތް ނިމިފައި!

ހޯނޑެއްދޫގެ އިދާރީ ދާއިރާގެ އިޚްތިޞާޞަށް ބަދަލުގެނައުމަށް ރައީސް ނިންމަވައިފި

ބަނގުރާ ދަޅުތަކެއް ގެންގުޅުނު މައްސަލައިގެ ތުހުމަތުގައި ދެ ބީދޭސީއަކު ހައްޔަރަށް!
