logoEN
cocacola
ގދ. އަތޮޅު ކައުންސިލްގެ އެތްލެޓިކްސް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ގދ. އަތޮޅު ކައުންސިލްގެ އެތްލެޓިކްސް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

އަލްފާ އަލީ

logo

7/17/2022, 2:09:53 PM

# ގދ. އަތޮޅު ކައުންސިލް# ގދ. އަތޮޅު ކައުންސިލް އެތުލެޓިކްސް ޗެމްޕިއަންޝިޕް 2022

Screenshot 2022-07-17 at 14.09.15

ރާއްޖޭގެ ހުރިހާ ސްކޫލުތަކަށް ހުޅުވާލައިގެން، ގދ. އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ، ގދ. އަތޮޅު ކައުންސިލް އެތްލެޓިކްސް ޗެމްޕިއަންޝިޕް 2022 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ގޮސިޔާ

މި މުބާރާތް ރާވައި ހިންގުމަށް ހަވާލުކޮށްފައިވަނީ ރާއްޖޭގައި ބޭއްވޭ އެކި އެތްލެޓިކްސް މުބާރާތްތަކުގައި ފާހަގަކޮށްލެވޭ ވަނަތަކެއް ހާސިލްކޮށްފައިވާ ރައުހަތު އެކެޑަމީ ހިންގަމުން އަންނަ ރައުހަތް ސްޕޯޓްސް އާ އެވެ. މި މުބާރާތް ބޭއްވުމަށް ނިންމާފައިވަނީ، މިއަހަރު ސެޕްޓެމްބަރ މަހު 11 އިން 15 އަށް ގދ. ތިނަދޫ ސްޓޭޑިއަމް ގައެވެ.

ގދ. އަތޮޅު ކައުންސިލުން މިއަދު ބުނީ، އެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިއަދުން ފެށިގެން އަންނަ މަހުގެ 11 ވަނަ ދުވަހުގެ މެންދުރު 14:00 އާ ހަމައަށް ހުޅުވާލާ ކަމަށެވެ.

ބައިވެރިވެވޭ އުމުރުފުރާ ތަކަކީ:

11 އަހަރުން ދަށް

13 އަހަރުން ދަށް

15 އަހަރުން ދަށް

17 އަހަރުން ދަށް

19 އަހަރުން ދަށް

މި މުބާރާތާ ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް، 7908337 ނަމްބަރަށް ގުޅުމަށް ގދ. އަތޮޅު ކައުންސިލުން ވަނީ އެދިފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ