
ތިނަދޫ ޑަބްލިއުޑީސީއިން ބާއްވާ ހިޔަލަ އެކްސްޕޯގެ ޓައިޓަލް ސްޕޮންސަރަކަށް ގދ އަތޮޅު ކައުންސިލް!
# ތިނަދޫ ޑަބްލިއުޑީސީ# ގދ. އަތޮޅު ކައުންސިލް# ގދ އެޓޯލް ކައުންސިލް ތިނަދޫ ޑަބްލިއުޑީސީ ހިޔަލަ އެކްސްޕޯ 2022GMG_2847-2
ގދ ތިނަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީއިން އިސްނަގައިގެން ތިނަދޫ ބިޒްނަސް ސެންޓަރާއި ގުޅިގެން ބާއްވާ ތިނަދޫ ޑަބްލިއުޑީސީ ހިޔަލަ އެކްސްޕޯގެ ޓައިޓަލް ސްޕޮންސަރަކަށް ގދ އަތޮޅު ކައުންސިލް ހަމަޖައްސައިފި އެވެ.

އަންނަ ސެޕްޓަމްބަރު މަހުގެ 22 ވަނަ ދުވަހުން ފެށިގެން 24 ވަނަ ދުވަހުގެ ނިޔަލަށް ކުރިޔަށް ގެންދާ މި މައުރަޒުގެ ޓައިޓަލް ސްޕޮންސަރަކަށް ގދ އަތޮޅު ކައުންސިލް ހަމަޖައްސައި ޕާޓްނަރޝިޕް އެއްބަސްވުމުގައި ސޮއިކުރީ މިއަދު އެވެ. އެގޮތުން ގދ އަތޮޅު ކައުންސިލްގައި އޮތް ރަސްމިއްޔާތެއްގައި ޓައިޓަލް ސްޕޮންސަރުގެ އެއްބަސްވުމުގައި ތިނަދޫ ޑަބްލިއުޑީސީގެ ފަރާތުން ސޮއިކުރެއްވީ އެކޮމެޓީގެ ރައީސާ ޖީޒާ ހަސަން އެވެ. އަދި ގދ އަތޮޅު ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ އެކައުންސިލްގެ ރައީސް ހަސަން ފައިހަތު ގުދުރަތުﷲ އެވެ.
މި އެއްބަސްވުމާއި އެކު ތިނަދޫ ޑަބްލިއުޑީސީ ހިޔަލަ އެކްސްޕޯ 2022 ގެ ނަން " ގދ އެޓޯލް ކައުންސިލް ތިނަދޫ ޑަބްލިއުޑީސީ ހިޔަލަ އެކްސްޕޯ 2022 " ނަމަށް ބަދަލުވެގެންދާނެ އެވެ.
މި އެކްސްޕޯ ވެގެންދާނީ ތިނަދޫގައި މިހާތަނަށް ބާއްވާ އެންމެ ބޮޑު އެކްސްޕޯއަށެވެ. ތިން ދުވަހުގެ މުއްދަތަކަށް ކުރިޔަށްދާ މި އެކްސްޕޯ ބޭއްވުމަށް ހަމަޖެހިފައިވަނީ ގދ ތިނަދުގައި ހުންނަ ގދ އަތޮޅު ތައުލީމީ މަރުކަޒުގައެވެ. މި މުބާރާތަކީ ގދ އަތޮޅުގެ ހުރިހާ ރަށަކަށް ހުޅުވާލެވިފައިވާ މުބާރާތެކެވެ. މިގޮތުން ގދ އަތޮޅުގައި މިވަގުތު ދިރިއުޅޭ ފަރާތްތަކުގެ ތެރެއިން 18 އަހަރު އަހަރު ފުރިފައިވާ ދެޖިންސުގެ ފަރާތްތަކަށް ވެސް ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ. މުބާރާތުގެ ބައިވެރިވުމަށް އެދޭ ފޮރމް އޮންލައިންކޮށް ވެސް ހުށަހެޅޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ.
އެކްސްޕޯގައި ބައިވެރިވުމުގެ ސުންގަޑި އަކީ މިމަހުގެ ނިޔަލަށެވެ.
ތިނަދޫ ޑަބްލިއުޑީސީއިން މައުލޫމާތު ދޭގޮތުގައި މި އެކްސްޕޯގެ މަޤްސަދަކީ ވިޔަފާރީގެ މައިދާނުގައި ދެޖިންސުގެ ފަރާތްތަށްވެސް ބާރުވެރިކުރުވައި އެފަރާތްތަކުގެ އުފެއްދުންތަކަށް ވާދަވެރި މާކެޓެއް ހޯދައި ދިނުމެވެ. އެގޮތުން ކާބޯތެކެތި ހެދުމުގެ ހުނަރާއި އަތްތެރި މަސައްކަތާއި އާރޓް އެންޑް ކްރާފްޓުގެ މަސައްކަތްތަށްވެސް މި އެކްސްޕޯގައި ބައިވެރިކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ. މި އެކްސްޕޯގައި ބައިވެރިންގެ ޕްރޮޑަކްޓުތަށް އާންމުންނަށް ވިއްކުމުގެ ފުރުސަތު ވެސް ލިބިގެން ދާނެ އެވެ.
ތިނަދޫ ބިޒްނަސް ސެންޓަރުން މައުލޫމާތު ދޭގޮތުގައި މި އެކްސްޕޯއާއި އެކު އެކްސްޕޯގައި ޑިސްޕްލޭކުރެވޭ އުފެއްދުންތަކުގެ ތެރެއިން ލޯކަލީ މާކެޓު ކުރެވެން ހުރި ޕްރޮޑެކްޓުތަށް ރަނގަޅު ފެންވަރެއްގައި ޕެކޭޖް ކުރެވިގެން ރާއްޖޭގެ ބާޒާރަށް ނެރުމަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތްތަށް ދެނެގަނެވިގެންދާނެ އެވެ. އަދި މި މައުރަޒުން ހޮވޭ އެންމެ ރަނގަޅު ދެ ޕްރޮޑެކްޓު ބައިނަލަޤްވާމީ އެކްސްޕޯއެއްގައި ޑިސްޕްލޭ ކުރުމުގެ ފުރުސަތު ދެވިގެން ދާނެކަން ވެސް ބިޒްނަސް ސެންޓަރުން ބުނެއެވެ. ހަމައެއާއި އެކު އެކްސްޕޯގެ ތެރެއިން އެކި ކުންފުނިތަކުންނާއި އެންޖީއޯތަކުން ޚާއްސަ އިންފޯރމޭޝަން ސެޝަން ތަކެއްވެސް ބާއްވަން ވަނީ ނިންމާފައެވެ.
މި އެކްސްޕޯގައި ބައިވެރިކުރާ އުފެއްދުތަކަށް އިންސާފުކޮށް ފައިސާގެ އިނާމުވެސް ދިނުމަށް ވަނީ ނިންމާފައެވެ. އެގޮތުން އެކްސްޕޯގައި ބައިވެރިކުރާ އުފެެއްދުތަކަށް ފަޑިޔާރުކަން ކުރުމަށް ޚާއްސަ ފަޑިޔާރުންގެ ޓީމެއް އެކުލަވާލަން ވަނީ ނިންމާފައެވެ.
އެކްސްޕޯގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން ހޮވާ ވަނަ ތަކުގެ ތެރޭގައި އެންމެ މަޝްހޫރު ސްޓޯލް ( ލިބުނު އާމްދަނީއަށް ބަލާފައި ) އާއި އެންމެ އުފެއްދުންތެރި ސްޓޯލާއި ކާބޯތަކެތީގެ ކެޓަގަރީއިން އެންމެ އުފެއްދުންތެރި ޕްރޮޑަކްޓާއި އާތް އެންޑް ކްރާފްޓް ކެޓަގަރީއިން އެންމެ އުފެއްދުންތެރި ޕްރޮޑެކްޓް ހިމެނެއެވެ.
މީގެ އިތުރުން ޚާއްސަ ކެއްކުމުގެ މުބާރާތެއްވެސް އެކްސްޕޯގެ ތެރެއިން ބޭއްވުމަށް ވަނީ ނިންމާފައެވެ. މި މުބާރާތުގައި ބައިވެރިވެވޭނީ 2-7 މެމްބަރުންގެ ޓީމަކާއި އެކުގައެވެ. މިއީ މިފަދަ ގޮތަކަށް އެންމެ ރަނގަޅު އިންތިޒާމްތަކާއި އެކު ގދ އަތޮޅުގައި ބޭއްވޭ އެންމެ ބޮޑު ކެއްކުމުގެ މުބާރާތަށް ވެގެންދާނެ އެވެ.
ގުޅުންހުރި

ގދ. އަތޮޅު ކައުންސިލުން ތުރުކީއާއި ދުބާއީއަށް ކުރި ދަތުރަކީ ގާނޫނީ އުންސުރު ހަމަވާ ދަތުރެއް - ގައްދޫ ރައީސް

ގދ. އަތޮޅު ކައުންސިލުން ތުރުކީއާއި ދުބާއީއަށް ދިޔުމަށް 8 ލައްކަށްވުރެ ގިނަ ރުފިޔާ ހަރަދުކުރި

ތިނަދޫގައި ފަހަން ދަސްކޮށްދޭ ކޯހެއް ބާއްވަނީ، ދެ ޖީންސުގެ ފަރާތްތަކަށްވެސް ބައިވެރިވެވޭނެ!
