logoEN
cocacola
ގދ. އަތޮޅު ކައުންސިލް ޓީއެންޓީ ފުޓްސަލް ޗެލެންޖުގެ ޑިޖިޓަލް ޕާޓްނަރ އަކީ އުރީދޫ!

ގދ. އަތޮޅު ކައުންސިލް ޓީއެންޓީ ފުޓްސަލް ޗެލެންޖުގެ ޑިޖިޓަލް ޕާޓްނަރ އަކީ އުރީދޫ!

ޙުސައިން އާހިލް

logo

7/19/2022, 2:24:09 PM

# ޓީއެންޓީ ފުޓްސަލް ޗެލެންޖު 2022# ގދ. އަތޮޅު ކައުންސިލް އެތުލެޓިކްސް ޗެމްޕިއަންޝިޕް 2022# އުރީދޫ މޯލްޑިވްސް

293463274_166591462601340_5376059809734147631_n

ހުވަދު އަތޮޅުގައި ބާއްވާ އެންމެ އަގު ބޮޑު ފުޓްސަލް މުބާރާތް ކަމުގައިވާ ގދ. އަތޮޅު ކައުންސިލް ޓީއެންޓީ ފުޓްސަލް ޗެލެންޖުގެ ޑިޖިޓަލް ޕާޓްނަރގެ ގޮތުގައި އުރީދޫ މޯލްޑިވްސް ހަމަޖައްސައިފިއެވެ.

ގޮސިޔާ

އުރީދޫ އަކީ ފުޅާ ދާއިރާއެއްގައި ރާއްޖޭގައި މުއާސަލާތީ ޚިދުމަތް ދެމުން އަންނަ މަލްޓިނޭޝަނަލް ކުންފުންޏެކެވެ. އެކުންފުނިން އަންނަނީ އިޖްތިމާއީ ޒިންމާގެ ދަށުން މުޖުތަމައަށް އެތައް ޚިދުމަތްތަކެއްވެސް ކުރަމުންނެވެ.

މި މުބާރާތުގެ ޓައިޓަލް ސްޕްންސަރ އަކީ ގދ. އަތޮޅު ކައުންސިލެވެ. މެއިން ސްޕޮންސަރ އަކީ އެސްޓީއޯއެވެ. ގޯލްޑް ޕާޓްނަރ އަކަށް ގދ. ވާދޫ ކައުންސިލް ހަމަޖައްސާފައިވާއިރު، ކޭޓަރިންގ ޕާޓްނަރ އަކީ ކެފޭ ބާވަންނަ އެވެ. އެކޮމޮޑޭޝަން ޕާޓްނަރުންނަކީ އަވަންޓީ ވާދޫއާއި ލަގޫނާ ރިޓްރީޓް އެވެ.

މުބާރާތުގެ ޕާޓްނަރުންނަކީ ޝެލްޓަރ ހޯލްޑިންގްސް އާއި އޭއޭއެޗް ކޮމްޕެނީ އެވެ. ސްޕޯޓް ޕާޓްނަރ އަކީ ސްޓްރައިކް ޒޯން އެވެ. މުބާރާތުގެ ކިޓް ޕާޓްނަރ އަކަށް ހަމަޖައްސާފައިވަނީ މަޅި މޯލްޑިވްސް އެވެ. އަދި ބެވަރޭޖެސް ޕާޓްނަރގެ ގޮތުގައި ކޮކަކޯލާ ހަމަޖައްސާފައިވާއިރު، ލޮޖިސްޓިކްސް ޕާޓްނަރ އަކީ ޖިއޯވޭވް އެވެ. ޑިޖިޓަލް ޕާޓްނަރގެ ގޮތުގައި އުރީދޫ ހަމަޖައްސާފައިވާއިރު މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރ އަކީ ގާފު އޮންލައިނެވެ.

މި މުބާރާތުގެ ކުޅުން 22 ޖުލައި 2022 ގައި ފެށުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވެފައިވަނީ ޖުމްލަ 12 ޓީމެވެ. އެ ޓީމްތަކުގެ މެދުގައި ގުރުއަތުލުން ބާއްވައި، ތިން ގްރޫޕަކަށް ބަހައި، މުބާރާތުގެ ޝެޑިއުލްވެސް ވަނީ އާންމުކޮށްފައެވެ.

ގދ. އަތޮޅު ކައުންސިލް ޓީއެންޓީ ފުޓްސަލް ޗެލެންޖު 2022 ގައި ފުރަތަމަ ކުޅޭނީ، ކްލަބް ރޭވެންސްއާއި ސްކޯޕިއަން ސިޓީއެވެ. އެއަށްފަހު ހަމަ އެދުވަހު، ކްލަބް ޓީއެންޓީއާއި ވެސްޓް ބޯއިސް ބައްދަލުކުރާ މެޗުވެސް އޮންނާނެ އެވެ. މި މުބާރާތް ފެށުމަށް ބާކީ އޮތީ ތިން ދުވަހެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ