logoEN
cocacola
ހައިކޯޓުގެ ދެގޮފި އުވާލާ ބިލު ރައީސް ތަސްދީގުކުރައްވައިފި

ހައިކޯޓުގެ ދެގޮފި އުވާލާ ބިލު ރައީސް ތަސްދީގުކުރައްވައިފި

އަޙްމަދު ޖަމީލު

logo

7/17/2022, 12:28:20 PM

# ހައި ކޯޓު

ރައީސް ސޯލިހު

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނަށް 4 ވަނަ އިސްލާހު ގެނައުމުގެ ބިލު ތަސްދީޤު ކުރެއްވުމާއިއެކު އައްޑު އާއި ހދ. ކުޅުދުއްފުށީގައި ހުންނަ ހައި ކޯޓުގެ ދެ ގޮފި އުވިއްޖެ އެވެ.

ގޮސިޔާ

މި ބިލު ފާސްކޮށްފައި ވަނީ މިދިޔަ ޖޫން މަހުގެ 28 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2022 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 19 ވަނަ ޖަލްސާގައެވެ. މި ބިލު ފާސްކޮށްފައި ވަނީ 36 ވޯޓުންނެވެ.

ރައްޔިތުންގެ މަޖިލީހުން ފާސްކުރި ކޯޓުތަކުގެ މި ގާނޫނަށް ގެނައި ހަތަރު ވަނަ އިސްލާހުގައި ވާ ގޮތުން ހައި ކޯޓާއި އެ ކޯޓުގެ ހުރިހާ އަޑުއެހުމެއް ހިނގާނީ މާލޭގަ އެވެ. އަދި ހައި ކޯޓަށް އައްޔަންކުރާ ހުރިހާ ފަނޑިޔާރުން ތިއްބަވާނީ ވެސް މާލޭގައި ކަމަށް އެ އިސްލާހުގައި ބުނެފައި ވެ އެވެ.

ހައިކޯޓުގެ އުތުރު ގޮތްޕާއި ދެކުނު ގޮފި އުވާލައި އެތަންތަނުން ކުރަމުން އައި މަސައްކަތްތައް ދިވެހިރާއްޖޭގެ ހައިކޯޓަށް ބަދަލުކުރެވިގެންދާއިރު އެ ދެ ގޮފީގައި މަސައްކަތް ކުރަމުން ދިޔަ މުވައްޒަފުންނަށް އެހެންކޯޓުތަކުން ނުވަތަ ޝަރުޢީ ދާއިރާގެ އެހެން އިދާރާއަކުން ވަޒީފާ ހަމަޖައްސައިދެއްވުމުގެ ޒިންމާ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާއި މި ޤާނޫނުން ވަނީ މަތިކޮށްފައެވެ.

އެހެން ވަޒީފާއެއް ހަމަޖެހެންދެން އެ މުވައްޒަފުން ތިބޭނީ ޑީޖޭއޭގެ މުއަޒަފުން ގޮތުގައި ކަމަށް ވެސް އެ ގާނޫނުގައި ބުނެފައި ވެ އެވެ.

މިޤާނޫނު ތަސްދީޤުކުރެއްވުމާއި އެކު މިއަދު ވަނީ ދިވެހިސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރުމާއެކު މިއަދުން ފެށިގެން މި ޤާނޫނަށް ވަނީ ޢަމަލު ކުރާން ފަށާފައެވެ.

ހައިކޯޓުގެ ދެކުނު ގޮފީގެ މަސައްކަތް ފަށާފައިވަނީ 2015 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ. އަދި ހައިކޯޓުގެ އުތުރުގޮފި ހުޅުވީ 2018 އޮކްޓޯބަރު މަހުގެ ތެރޭގަ އެވެ.

މި ގޮފިތައް އުވައިލުމަކީ އެމްޑީޕީގެ "އެޖެންޑާ 19" ގެ މެނިފެސްޓޯގެ ދަށުން ވެފައިވާ ވައުދެކެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ