
c3e618c6-6409-419c-b859-96941d90ad02-1536x1152
މާލޭގެ ބައެއް ސަރަހައްދުތަކަށް އުދަ އަރަން ފަށައިފިއެވެ.

މާލެއަށް އުދަ އަރާފައިވަނީ މިއަދު މެންދުރު ފަހު އެވެ. އެގޮތުން މާލޭގެ ރާޅުގަނޑު ސަރަހައްދަށް އުދަ އަރާފައިވާއިރު، އެ ސަރަހައްދުގެ ބޭރު މަގަށްވެސް ލޮނުގެ އަސަރު ވަނީ ކޮށްފައެވެ. އޭގެ އިތުރުން އާއްމުކޮށް ރާޅު އަރާ ކާނިވާ ސަރަހައްދާއި، އާޓިިފިޝަލް ބީޗް ސަރަހައްދަށްވެސް އުދަ އަރާފައިވާއިރު، އިންޑަސްޓްރިއަލް ޒޯން ސަރަހައްދަށްވެސް އުދަ އަރާފައި ވެއެވެ.
މިދިޔަ ހަފްތާ ތެރޭގައިވެސް ރާއްޖޭގެ އެކި ހިސާބުތަކަށް އުދަ އަރައި ބޮޑެތި ގެއްލުންތަކެއް ވެފައި ވެއެވެ.
އަދި މީގެ ދެ ދުވަސް ކުރިން ފަށައިގެންވެސް ބައެއް ހިސާބުތަކަށް އުދަ އަރާފައިވާއިރު، މިއަދުވެސް ދެކުނުގެ ރަށްތަކަށް އުދަ އަރާފާނެ ކަމަށް ލަފާކޮށް ހުދު ސަމާލުވެސް ނެެރެފައި ވެއެވެ.




