ފޮޓޯ: ދުވަސް އަޒުމީ
މާލޭ ފަޅުން ނުކުންނަށް އުޅުނު ލޯންޗެއް އުރިއްޖެއެވެ.

މައުލޫމާތު ލިބިފައުވާ ގޮތުގައި މި ހާދިސާ ހުނގާފައިވަނީ މިއަދު މެންދުރުގެ ވަގުތުގައި މާލޭ ދެކުނު ފަރާތަށް އެންމެ ބޮޑަށް އުދަ އަރަމުން ދިޔަ ވަގުރުގައެވެ. އަދި އެ ލޯންޗަކީ މާލޭ ފަޅުން ނުކުންނަށް އުޅުނު ލޯންޗެކެވެ.
ބައެއް ނޫސްތަކުގައި ބުނެފައިވާ ގޮތުގައި އެ ހާދިސާ ހިނގިއިރު، އޭގައި 20 އަށްވުރެ ގިނަ މީހުން ތިއްބެވެ.
މި ހާދިސާ އާއި ގުޅޭ އިތުރު ތަފްސީލެއް އެއްވެސް ފަރާތަކުން އަދިހާމައެއް ނުކުރެއެވެ.
މިއަދު މާލެއަށް އުދަ އަރާފައިވާއިރު، އުދައިގެ އަސަރު އެންމެ ބޮޑަށް ކުރީ ރާޅުގަނޑު ސަރަހައްދަށާއި އިންޑަސްޓްރިއަލް ވިލެޖަށެވެ. އިންޑަސްޓްރިއަލް ވިލެޖަށް ލޮނުގަނޑު ވަދެ، އެ ސަރަހައްދުގައި ޕާކުކޮށްފައި ހުރި ގިނަ އަދަދެއްގެ ސައިކަލުތައް ވެއްޓި ލޮނުގެ ތެރޭގައި އޮޮތް މަންޒަރު ފެންނަ ވީޑިއޯތައް ވަނީ ސޯޝަލް މީޑިއާގައި އާންމުވެފައެވެ.





