logoEN
Sto top
ވީޑިއޯ އަކީ އެޑިޓެއް، އަޑީގައި ތިބި ބަޔަކު ހޯދައި އަބުރުގެ ދައުވާ ކުރާނަން - ޝިފާ

ވީޑިއޯ އަކީ އެޑިޓެއް، އަޑީގައި ތިބި ބަޔަކު ހޯދައި އަބުރުގެ ދައުވާ ކުރާނަން - ޝިފާ

އަލްފާ އަލީ

logo

6/7/2022, 4:06:06 PM

# ޝިފާ

img_lg_202004241257101587671830.2122

މީސްމީޑިއާގައި ދައުރުވަމުންދާ ވީޑިއޯ އަކީ ބަޔަކު އަޑީގައި ތިބެ، އެޑިޓްކޮށްގެން އޭނާގެ އަބުރު ކަތިލުމަށް ހިންގާ ހަޑި މުޑުދާރު އަމަލެއް ކަމުގައި މަޝްހޫރު ފިލްމީ ތަރި، މަރިޔަމް ޝިފާ ބުނެފިއެވެ.

Wamco

އޭނާ މިހެން ބުނެފައިވަނީ، ދައުރުވަމުންދާ ވީޑިއޯއާ ގުޅިގެން އޭނާގެ ރަސްމީ ފޭސްބުކް ޕޭޖުގައި ނެރުނު ބަޔާނެއްގައެވެ. އެ ބަޔާނުގައި އޭނާ ބުނެފައިވަނީ އޭނާ ބަދުނާމުވާ ގޮތަށް މީސްމީޑިއާގައި ދައުރު ވަމުންދާ ވީޑިއޯއަކި އެއްވެސް އަސްލެއް ހަގީތެއް އޭގައި އެކުލެވިގެން ނުވާ އެޑިޓެއް ކަމަށެވެ.

އެ ވީޑިއޯ އަކީ ބަޔަކު ގަސްތުގައި އަދި ދުރާލާ ރާވައިގެން އަޅުގަނގެ އަބުރު ވެއްޔާ މޮޑެލާ، އަދި އަޅުގަނޑުގެ މަޝްހޫރު ކަމަށް ހިޔަނި އަޅުވަން ވެގެން ފިލްމީ ދާއިރާގެ ބަޔަކު އަޑީގައި ތިބެ ހިންގާ ވަރަށް ހަޑި މުޑުދާރު ޕްރޮޕެގެންޑާއެކެވެ. މިކަމުގެ

ސަބަބަކީ ވޭތުވެދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި އަޅުގަނޑަށް ލިބެމުންދާ މަޝްހޫރުކަމެވެ. --- މަރިޔަމް ޝިފާ

މީގެ އިތުރުން އެބަޔާނުގައި ޝިފާ ބުނީ، އެފަދަ އަމަލެއް ބަޔަކު ހިންގަމުން އެދަނީ، އޭނާ އަކީ ފިލްމީ ދާއިރާގެ ސުޕަރ ސްޓާއަކަށްވެފައި، ކުރު މުއްދަތެއްގައި އެދާއިރާގައި އޭނާގެ ޑިމާންޑު ބޮޑުވުމުންނެވެ.

އަދި މިކަމުގެ އަޑީގައި ތިބި ބަޔަކު ހޯދައި ކުރިއަށް އޮތް ދުވަސް ތަކުގައި އެބައެއްގެ މައްޗަށް އަބުރުގެ ދައުވާ ކުރާނެ ވާހަކަ ދަންނަވަމެވެ. މި ހައްސާސް ދަނޑިވަޅުގައި އަޅުގަނޑުގެ ފޭންސް ދެމުން ގެންދާ ލޯތްބާއި ސަފޯޓަށް އެފޭނުންނަށް ފަށްފަށުން ޝުކުރު އަދާ ކުރަމެވެ. -- ޝިފާ ނެރުނު ބަޔާން

މިކަމާ ގުޅިގެން ޝިފާވަނީ މީގެ ކުރިންވެސް އޭނާގެ ފޭސްބުކް ޕޭޖުގައި އެ ވީޑިއޯއަކީ އެޑިޓެއްކަން ފަހުމްވާ ގޮތަށް ޕޯސްޓެއް ހިއްސާކޮށްފައެވެ. އެ ޕޯސްޓު ފަހުން ޑިލީޓްކޮށްފައިވާއިރު، އެ ޕޯސްޓުގައި އޭނާ ބުނީ "އަޅުގަނޑަކީ ދުވަހަކުވެސް އެގޮތަށް އުޅުނު މީހެއް ނޫން" ކަމަށެވެ.

https://gaafu.mv/63765

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside