logoEN
cocacola
ޖަރުމަނުގެ މެގަޒިނެއްގައި ރާއްޖެ އިސްތިހާރުކުރަނީ

ޖަރުމަނުގެ މެގަޒިނެއްގައި ރާއްޖެ އިސްތިހާރުކުރަނީ

# ފަތުރުވެރިކަން# އެމްއެމްޕީއާރުސީ

Pullman Maldives Maamutaa

ޖަރުމަނުވިލާތުގެ މަޝްހޫރު މެގަޒިން "ކޮނޮސުއަރ ސާކަލް"އާ ގުޅިގެން މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، (އެމްއެމްޕީއާރުސީ) އިން ރާއްޖެ އިޝްތިހާރުކުރުމުގެ ކެންޕެއިނެއް ފަށައިފިއެވެ.

ގޮސިޔާ

މި ކެމްޕެއިންގައި ދިވެހިރާއްޖެއަކީ އެންމެ ރައްކާތެރި އަދި އެންމެ މަޤުބޫލު މަންޒިލްގެ ގޮތުގައި އޮންލައިން އަދި އޮފްލައިން އެކި ޕްލެޓްފޯމްތަކުގައި އިޝްތިހާރުކުރާނެއެވެ. 6 މަސް ދުވަހަށް ބަހާލައިގެން ކުރިއަށްދާ މި ކެންޕެއިންގައި ކޮނޮސުއަރ ސާކަލްގެ އެކިއެކި ޕްލެޓްފޯމްތަކުގައި ރާއްޖެ އިޝްތިހާރުކުރާނެއެވެ.

ކޮނޮސުއަރ ސާކަލަކީ ލަގްޒަރީ ހޮޓެލްތަކާއި، ޑެސްޓިނޭޝަންތަކާ ބެހޭ އެންމެ ފަހުގެ މަޢުލޫމާތާއި ކޮންޓެންޓް ހިމަނައިގެން ޖަރުމަނުވިލާތާއި އޮސްޓްރިޔާ އަދި ސްވިޒަލޭންޑްގެ މަތީ ފަންތީގެ ފަތުރުވެރިންނަށް އަމާޒުކޮށް ޝާއިޢުކުރާ މެގަޒިނެކެވެ.

އެމްއެމްޕީއާރުސީން ކޮނޮސުއަރ ސާކަލްއާއެކު ފަށާފައިވާ މި ކެންޕެއިން ކުރިއަށްދާނީ 6 މަސް ދުވަހުގެ މުއްދަތަކަށެވެ. މިއީ މަތީފަންތީގެ ފަތުރުވެރިންނަށް އަމާޒުކޮށް ދިވެހިރާއްޖޭގެ ރީތިނަން މި މާކެޓުގައި ދަމަހައްޓައި ރާއްޖޭގެ މަޤުބޫލުކަން އިތުރުކޮށް، ޖަރުމަނު ބަހުން ރާއްޖެއާ ބެހޭ ކޮންޓެންޓް ޝާއިޢުކުރުންކަމުގެ މަޤުޞަދުގައި ކުރިއަށްގެންދާ ކެންޕޭނެއްކަމަށޤ އެމްއެމްޕީއާރުސީން ބުނެއެވެ.

ކޮނޮސުއަރ ސާކަލްއަކީ ކަސްޓަމަރުން ގިނަ ތަނަކަށް ވުމުގެ ސަބަބުން މި ކެންޕެއިން މެދުވެރިކޮށް ގިނަ ޢަދަދެއްގެ ބަޔަކަށް ރާއްޖެއާއި ގުޅޭ މައުލޫމާތު ފޯރާނެއެވެ. އެމްއެމްޕީއާރުސީން ބުނީ މި ކެމްޕެއިން ކުރިއަށްގެންދިޔުމަކީ ޖަރުމަނުވިލާތުގެ މަތީފަންތީގެ ފަތުރުވެރިންގެ ތެރޭގައި ދިވެހިރާއްޖޭގެ ބްރޭންޑް ހަރުދަނާވެގެންދާނެ ކެންޕޭނެއްކަމަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ