
ޖެނުއިން އިލެކްޓްރޯނިކްސްގައި އެންމެ ފަހުގެ ލެޕްޓޮޕް އެންމެ ހެޔޮ އަގުގައި!
# ޖެނުއިން އިލެކްޓްރޯނިކްސްCDFA80E8-86E8-4684-A744-D76797770191
ގދ. ތިނަދޫގައި ހުންނަ އަތޮޅުގެ އިލެކްޓްރޯނިކްސްގެ މައި ހަބް ކަމުގައިވާ ޖެނުއިން އިލެކްޓްރޯނިކްސް އަށް އެންމެ ފަހުގެ ލެޕްޓޮޕްތައް ގެނެސްފިއެވެ.

ޖެނުއިން އިލެކްޓްރޯނިކްސްއަކީ އެކި ބްރޭންޑުތަކުގެ "ޖެނުއިން" އިލެކްޓްރޯނިކްސް ސާމާނު ގެނެސް އެންމެ ހެޔޮ އަގުގައި ވިއްކަމުން އަންނަ ވިޔަފާރިއެކެވެ. އެ ފިހާރައަށް އަލަށް ގެނައި ލެޕްޓްޕް ބްރޭންޑުތަކުގެ ތެރޭގައި ލެނޯވޯ، ވާވޭ، އެޗްޕީ އަދި އެމްއެސްއައި ހިމެނެއެވެ. އިންޓެލް އިންސައިޑުގެ ޕްރޮސެސަރުން ފެށިގެން އައި5 ގެ ޕްރޮސެސަރ ހުންނަ ލެޕްޓޮޕްތައް އެތަނަށް ވަނީ ގެނެސްފައެވެ.
އެ ފިހާރައިގެ ވެރިޔާ، ރައްޒާން ނިޔާޒް ވިދާޅުވީ، މިފަހަރު ގެނެސްފައިވާ ލެޕްޓޮޕްތަކަކީ ތައުލީމް ހާސިލްކުރަމުން އަންނަ ދަރިވަރުންނަށް ޚާއްސަކޮށްގެން ގެނެސްފައިވާ ލެޕްޓޮޕްތަކެއް ކަމަށެވެ. އެގޮތުން ލެޕްޓޮޕްތަކުގެ އަގު އުޅެނީ 6000 ރުފިޔާއިން ފެށިގެން ގޮސް 13،000 ރުފިޔާއާ ދެމެދުގައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އަތޮޅުގެ އިލެކްޓްރޯނިކްސް ފިހާރަ ކަމުގައިވާ ޖެނުއިން އިލެކްޓްރޯނިކްސް އަކީ މިވަގުތު ތިނަދޫގައި ހުންނަ އުރީދޫ މޯލްޑިވްސްގެ ބިޒްނަސް ޕާޓްނަރ ޝޮޕްވެސް މެއެވެ. އެ ފިހާރައިން އުރީދޫގެ ބިލްތަކަށް ފައިސާ ބަލައިގަތުމާއި ރާސްޓަސް އަޅައިދިނުމާއި ޕްރިޕެއިޑް އަދި ޕޯސްޓް ޕެއިޑް ކަނެކްޝަން ނަގައިދިނުމުގެ އިތުރުން ސުޕަރ ނެޓްގެ ޚިދުމަތާއި އެ ނޫންވެސް އުރީދޫގެ އެތައް ޚިދުމަތެއް ފޯރުކޮށްދެ އެވެ.
އެ ފިހާރައިން މުދާ ނަގާއިރު ބޭންކް އޮފް މޯލްޑިވްސް އާއި އިސްލާމިކް ބޭންކުގެ ލޯން ސްކީމުތަކުގެ ދަށުން އިންސްޓޯލްމަންޓަށްވެސް ތަކެތި ދޫކުރެ އެވެ.
ޖެނުއިން އިލެކްޓްރޯނިކްސް އަކީ ހެޔޮ އަގުގައި ފޯނާއި، ފޯނާ ގުޅޭ އެކްސެސަރީތަކުގެ އިތުރުން އިލެކްޓްރޯނިކްސްގެ އެތައް ބާވަތެއް އެއް ފުރާޅެއްގެ ދަށުން ގަނެލުމަށް ހަމަ އެއްވަނަ އެވެ. ކަސްޓަމަރުންގެ އިތުބާރު ލިބިފައިވާ ވިޔަފާރި އެކެވެ.
ޖެނުއިން އިލެކްޓްރޯނިކްސް ޚާއްސަވަނީ އެ ފިހާރައިން ވިއްކާ ބްރޭންޑެޑް ސާމާނުތަކުގެ ސަބަބުންނެވެ. ދުނިޔެއަށް މަޝްހޫރު އެތައް ބްރޭންޑެއްގެ ފޯނާއި އެކްސެސަރީތައް އެއް ފުރާޅެއްގެ ދަށުން އެތަނުގައި ލިބެން އެބަހުއްޓެވެ.
ގުޅުންހުރި

ފާންތެލެ ޝޯވ މިއަހަރުވެސް އޮންނާނެ، މެއިން ސްޕޮންސަރަކީ ޖެނުއިން އިލެކްޓްރޯނިކްސް!

ޖެނުއިން އިލެކްޓްރޯނިކްސްގައި އެންމެ ފަހުގެ ލެޕްޓޮޕް އެންމެ ހެޔޮ އަގުގައި!

ގާފު ކުރުވާހަކަ މުބާރާތުގެ ވަނަތައް އިއުލާނުކުރުން ޖޫން 23 ގައި!
