logoEN
cocacola
ބޭނުން ނުކުރެވޭ ވަރަށް ފޯނު ހަލާކުވީތަ؟ އަގުހެޔޮކޮށް ޖެނުއިން އިލެކްޓްރޯނިކްސް އިން ލިބޭނެ!

ބޭނުން ނުކުރެވޭ ވަރަށް ފޯނު ހަލާކުވީތަ؟ އަގުހެޔޮކޮށް ޖެނުއިން އިލެކްޓްރޯނިކްސް އިން ލިބޭނެ!

ޙުސައިން އާހިލް

logo

5/27/2022, 9:12:10 PM

# ޖެނުއިން އިލެކްޓްރޯނިކްސް

GMG_6035

ޒަމާނަށް އައި ބަދަލުތަކާއެކު މޯބައިލް ފޯނު ވެފައިވަނީ އަބަދު އަތްމަތީގައި އޮންނަ އެއްޗަކަށެވެ. އެއާ ނުލައި ދިރިއުޅުމުގެ ކަންކަން ފުރިހަމަ ނުވާނެ ފަދަ އެއްޗަކަށް ވެފައެވެ. އެންމެންވެސް ބޭނުންވަނީ ކޮލެޓީ ރަނގަޅު މޮޅު ފޯނެކެވެ. ގިނަ ފަހަރު ފަހުގެ ފޯނުތަކުގެ އަގުބޮޑުކަމުން ގަންނަން ބޭނުން ނުވެއެވެ. ގދ. ތިނަދޫގައި ހުންނަ އަތޮޅު އިލެކްޓްރޯނިކްސްގެ މައި ހަބް ކަމުގައިވާ ޖެނުއިން އިލެކްޓްރޯނިކްސް އިން އެކަން ނިމުމަކަށް ގެނެސްދީފިއެވެ.

ގޮސިޔާ

ޖެނުއިން އިލެކްޓްރޯނިކްސްގެ ވެރިޔާ، ރައްޒާން ނިޒާޒް ވިދާޅުވީ އެ ވިޔަފާރީގެ މަގްސަދަކީ މާލެއިން ގަންނަން ލިބޭ އަގުގައި ހަމަ އެ ޚިދުމަތްތަކާ އެކު ހުވަދު އަތޮޅުންވެސް މޯބައިލް ފޯނު ލިބޭ ގޮތް ހެދުމެވެ.

ކަސްޓަމަރަކު ބޭނުންވާ ވައްތަރެއްގެ ފޯނެއް އެވަގުތަކު ނެތިއްޔާ އަޅުގަނޑުމެން އެ ބްރޭންޑެއްގެ އެ މޮޑެލެއް ކަސްޓަމަރު އެދޭ ގޮތަށް ޕްރި އޯޑަރުވެސް ކޮށްދެން. ފިހާރައިން ވިއްކާ ހުރިހާ ފޯނަކަށް އެއް އަހަރު ދުވަހުގެ އިންޓަނޭޝަނަލް ވޮރެންޓީވެސް ލިބިގެންދާނެ. ހުރިހާ ފޯނެއްވެސް މި ވިއްކަނީ ވީހާވެސް އެންމެ ކުޑަ އަގުގައި - ޖެނުއިން އިލެކްޓްރޯނިކްސްގެ ވެރިޔާ، ރައްޒާން ނިޔާޒް

https://gaafu.mv/53556

އަތޮޅުގެ ފޯނު ފިހާރަ ކަމުގައިވާ ޖެނުއިން އިލެކްޓްރޯނިކްސް އަކީ މިވަގުތު ތިނަދޫގައި ހުންނަ އުރީދޫ މޯލްޑިވްސްގެ ބިޒްނަސް ޕާޓްނަރ ޝޮޕްވެސް މެއެވެ. އެ ފިހާރައިން އުރީދޫގެ ބިލްތަކަށް ފައިސާ ބަލައިގަތުމާއި ރާސްޓަސް އަޅައިދިނުމާއި ޕްރިޕެއިޑް އަދި ޕޯސްޓް ޕެއިޑް ކަނެކްޝަން ނަގައިދިނުމުގެ އިތުރުން ސުޕަރ ނެޓްގެ ޚިދުމަތާއި އެ ނޫންވެސް އުރީދޫގެ އެތައް ޚިދުމަތެއް ފޯރުކޮށްދެ އެވެ.

އެ ފިހާރައިން މުދާ ނަގާއިރު ބޭންކް އޮފް މޯލްޑިވްސް އާއި އިސްލާމިކް ބޭންކުގެ ލޯން ސްކީމުތަކުގެ ދަށުން އިންސްޓޯލްމަންޓަށްވެސް ތަކެތި ދޫކުރެ އެވެ.

ޖެނުއިން އިލެކްޓްރޯނިކްސް އަކީ ހެޔޮ އަގުގައި ފޯނާއި، ފޯނާ ގުޅޭ އެކްސެސަރީތައް އެއް ފުރާޅެއްގެ ދަށުން ގަނެލުމަށް ހަމަ އެއްވަނަ އެވެ. ކަސްޓަމަރުންގެ އިތުބާރު ލިބިފައިވާ ވިޔަފާރި އެކެވެ.

ޖެނުއިން އިލެކްޓްރޯނިކްސް ޚާއްސަވަނީ އެ ފިހާރައިން ވިއްކާ ބްރޭންޑެޑް ސާމާނުތަކުގެ ސަބަބުންނެވެ. ދުނިޔެއަށް މަޝްހޫރު އެތައް ބްރޭންޑެއްގެ ފޯނާއި އެކްސެސަރީތައް އެއް ފުރާޅެއްގެ ދަށުން އެތަނުގައި ލިބެން އެބަހުއްޓެވެ.

ޖެނުއިން އިލެކްޓްރޯނިކްސް އިން ވިއްކާ ބްރޭންޑުތައް:

އޭސަރ

ލެނޯވޯ

އެޗްޕީ

ޑެލް

އަސޫސް

އޮއްޕޮ

ވަން ޕްލަސް

ޝިއާއޮމީ (އެމްއައި)

ވާވޭ

ސެމްސަންގ

އެޕަލް

ރިއަލްމީ

ރެޑްމީ

މިއީ ހުސް އެ ފިހާރައިން ވިއްކާ ސާމާނުތަކުގެ ބްރޭންޑުތަކެވެ. މި ބްރޭންޑުތައް ފާހަގަވަނީ ދިވެހިންގެ ތެރޭގައި މަގްބޫލު އަދި އިތުބާރު ލިބިފައިވާ ބްރޭންޑުތަކުގެ ގޮތުގައެވެ. މި ބްރޭންޑުތަކުގެ ފޯނުގެ އިތުރުން ފޯނާއެކު ބޭނުންކުރާ އެކި ވައްތަރުގެ އެކްސެސަރީތައްވެސް އެތަނުން ލިބެން ހުރެ އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ