logoEN
Sto top
ސަނީ ލިއޯން ރާއްޖޭގައި، މިފަހަރު އައީ ފޭނަކާއި އެކު ކޮފީ ޑޭޓަކަށް!

ސަނީ ލިއޯން ރާއްޖޭގައި، މިފަހަރު އައީ ފޭނަކާއި އެކު ކޮފީ ޑޭޓަކަށް!

އަހުމަދު ޝުރާއު

logo

9/12/2022, 9:46:12 PM

# ސަނީ ލިއޯން

wqq

ބޮލީވުޑުގައި ފިޔަޖަހަމުން އަންނަ ބަތަލާ ސަނީ ލިއޯން ރާއްޖެ އަތުވެއްޖެއެވެ.

Wamco

ސަނީ ލިއޯން ރާއްޖެ އައިސްފައިވަނީ ޖޫން މަހު އޭނާ ހުޅުވާލި ފޭނުންނާއި އެކު ވެކޭޝަން ޕްރޮމޯޝަންގެ ނަސީބުވެރިންނާއި އެކު ޗުއްޓީ ހޭދަކޮށްލުމަށެވެ.

މިމަހުގެ 16 ވަނަ ދުވަހުން ފެށިގެން 19 ވަނަ ދުވަހާއި ހަމައަށް ސަނީ ލިއޯން ޗުއްޓީ ހޭދަކުރާނީ އޭނާގެ ފޭނުންނާއި އެކުގައި އެވެ. ސަނީއާއެކު ޗުއްޓީ ހޭދަކުރާ މީހުންނަށް އޭނާއާ އެކު ބީޗް ގޭމްތަކެއް ކުޅުމުގެ ފުރުސަތު ލިބި މޮޅުވާ މީހަކަށް ސަނީއާ އެކު ކޮފީ ޑޭޓަކަށް ދެވޭނެ އެވެ. އަދި ސަނީއާ އެކު އިރުއަރާ ގަޑީގައި ޔޯގާ އިވެންޓެއްގައި ބައިވެރިވެވޭނެ އެވެ.

"ޓްރެޒާ އައިލެންޑް ވެކޭޝަން ވިތު ސަނީ ލިއޯން - މޯލްޑިވްސް އެޑިޝަން" ކިޔާ ޕްލޭންގެ ތެރެއިން ޗުއްޓީ ހޭދަކުރުމުގެ ފުރުސަތު ދޭނީ ކޮންރިސޯޓެއްގައި ކަމެއް ބުނެފައި ނުވި ނަމަވެސް މިއަދު ސަނީ ލިއޯން ރާއްޖެއައިސް ޗުއްޓީ ހޭދަކުރުމަށްގޮސްފައިވަނީ ފުރަވެރި މޯލްޑިވްސް އަށެވެ.

ޗުއްޓީ ދަތުރުގައި ސަނީ ހުންނަ ރިސޯޓުން 110 ލަގްޒަރީ ވިލާ ބުކް ކޮށް ޗުއްޓީ ހޭދަކުރަން ބައިވެރިވާ މީހުންނަށް އެ ވިލާތައް ހަމަޖައްސަން ނިންމާފައިވާކަން ޖޫން މަހު ސަނީ ކުރި ޕޯސްޓެއްގައި ވަނީ ބުނެފައި އެވެ.

ސަނީ ލިޔޯން ފޭނުންނާއި އެކު ހޭދަކުރާ ޗުއްޓީ ދަތުރު މެނޭޖުކުރަނީ އިންޑިއާގެ ޓްރެވަލް އެޖެންސީއެއް ކަމަށްވާ "އޭޒް ޔޫ ޕްލޭން" އިންނެވެ. އެ ފުރުސަތު ހޯދުމަށް ޖެހެނީ "އޭޒް ޔޫ ޕްލޭން" ގެ ވެސްބައިޓަށް ގޮސް، ރަޖިސްޓްރީވެ ބުކިން ހައްދާށެވެ. ނަމަވެސް މި ފުރުސަތު މިހާރު ވަނީ ބަންދުވެފައެވެ.

މި ޗުއްޓީ ދަތުރުގެ ރާއްޖޭގެ ޕާޓްނަރެއްގެ ގޮތުގައި ހަމަޖައްސާފައިވާނީ ރާއްޖޭގެ ޓޫރިޒަމް މާކެޓްކުރާ "ވިޒިޓް މޯލްޑިވްސް" އެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside