logoEN
cocacola
ފެމިލިއަރައިޒޭޝަން ދަތުރެއްގައި އިންޑިއާގެ ނޫސްވެރިން ރާއްޖެއަށް

ފެމިލިއަރައިޒޭޝަން ދަތުރެއްގައި އިންޑިއާގެ ނޫސްވެރިން ރާއްޖެއަށް

އަލްފާ އަލީ

logo

6/17/2022, 3:32:36 PM

# އެމްއެމްޕީއާރުސީ# ފަތުރުވެރިކަން# ރާއްޖެ-އިންޑިއާ

Screenshot 2022-06-17 at 15.31.53

އިންޑިއާގެ މަޝްހޫރު މީޑިއާތަކުގެ ޓީމެއް އެމްއެމްޕީއާރުސީގެ ދައުވަތަކަށް ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެ އަތުވެއްޖެއެވެ.

ގޮސިޔާ

މިމަހުގެ 13އިން 19 އަށް ރާއްޖެއަށް ކުރާ މި ދަތުރުގައި ޓައިމްސް އޮފް އިންޑިއާ، ފައިނޭންޝަލް އެކްސްޕްރެސް، ބީޑަބްލިއު ބިޒްނަސް ވޯލްޑް، އެންޑީޓީވީ ފުޑް، އަދި ޓްރެވަލް ޑައިންގެ ނޫސްވެރިން ހިމެނެއެވެ.

މި ދަތުރުގެ ތެރެއިންނާއި ދަތުރަށްފަހު ދަތުރުގެ ބައިވެރިން ރާއްޖެއާބެހޭ ފޮޓޯ ސޯޝަލް މީޑިއާ އަދި ޕަބްލިކޭޝަންތަކުގައި ޝާއިޢުކުރާނެއެވެ.

މި ދަތުރުގެ ބޭނުމަކީ އިންޑިއާއިން ރާއްޖެއަށް ދަތުރުކުރަން ބޭނުންވާ ފަރާތްތަކުގެ މެދުގައި ރާއްޖެ އިތުރަށް ޕްރޮމޯޓް ކުރުމެވެ. ހާއްސަކޮށް ރާއްޖެއިން ފަތުރުވެރިންނަށް ލިބޭ ރައްކާތެރިކަމުގެ މައްޗަށް އަލިއަޅުވާލުމާއި މަންޒިލްގެ އެކި ފަތުރުވެރިކަމުގެ ސެގްމަންޓްތައް ޕްރޮމޯޓުކުރުން ހިމެނެއެވެ. މި ދަތުރަކީ އިންޑިއާގެ މާކެޓަށް އެމްއެމްޕީއާރުސީން އެކުލަވާލާފައިވާ މާކެޓިން ސްޓްރެޓެޖީގެ ދަށުން، މަންޒިލްގެ އެންމެ ފަހުގެ މައުލޫމާތާއި ގައިޑްލައިންތައް އިންޑިއާ މާކެޓުގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާއި، ފަތުރުވެރިންނަށް ހިއްސާކުރުމަށް ރާވާފައިވާ ދަތުރެކެވެ.

މި ދަތުރާ ގުޅިގެން ޝާއިޢުކުރާ ލިޔުންތައް އިންޑިއާ މާކެޓުގެ ގިނަ ބަޔަކަށް ފޯރާނެކަމަށް އެމްއެމްޕީއާރުސީން ވިދާޅުވެއެވެ. މީގެ އިތުރުން، ރާއްޖޭގެ އެންމެފަހުގެ ޓްރެވަލް ގައިޑްލައިންތަކާއި، ރާއްޖެއިން ކުރެވެންހުރި ތަފާތު ތަޖުރިބާތަކުގެ މައުލޫމާތު ޒިޔާރަތްކުރި ޓީމުގެ މެމްބަރުންނާ ޑެސްޓިނޭޝަން ޕްރެޒެންޓޭޝަނަކުން ވަނީ ހިއްސާކޮށްފައެވެ.

މި ދަތުރުގެ ސަބަބުން އިންޑިއާއިން ރާއްޖެއަށް އަންނަ މީހުންގެ އަދަދު އިތުރުވެ، ބުކިންތައް އިތުރުވާނެ ކަމަށް އެމްއެމްޕީއާރުސީން ލަފާކުރެއެވެ. މި އަހަރުގެ ކުރިއަށްއޮތް ތަނުގައިވެސް އިންޑިއާ މާކެޓަށް އަމާޒުކޮށް ރާއްޖެ އިސްތިހާރުކުރުމުގެ އިތުރު ބައެއް ހަރަކާތްތައް ކުރިއަށް ގެންދިއުމަށް އެމްއެމްޕީއާރުސީން ވަނީ ރާވާފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ