logoEN
cocacola
މިހާތަނަށް އިންޑިޔާގެ 51 ސިފައިން ރާއްޖެއިން ފައިބައިފި

މިހާތަނަށް އިންޑިޔާގެ 51 ސިފައިން ރާއްޖެއިން ފައިބައިފި

# އިންޑިޔާ ސިފައިންގެ މައްސަލަ# ދިވެހި ސަރުކާރު# ރާއްޖެ-އިންޑިއާ

އިންޑިޔާ ސިފައިން ރާއްޖޭގައި އޮޕަރޭޓް ކުރާ ހެލިކޮޕްޓަރެއް

މިހާތަނަށް އިންޑިޔާގެ 51 ސިފައިން ރާއްޖެއިން ފައިބައިފައިވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

ގޮސިޔާ

ރައީސް އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ހީނާ ވިދާޅުވީ، މިހާތަނަށް ދެ ޕްލެޓްފޯމެއްގައި ތިބި 51 އިންޑިޔާގެ ސިފައިން ރާއްޖެއިން ފައިބައިފައިވާ ކަމަށާއި މި މަހުގެ 10 ކުރިން ހުރިހާ ސިފައިން ރާއްޖެއިން ފޮނުވާލުމަކީ ސަރުކާރުން ބޭނުންވާ ގޮތް ކަމަށެވެ.

ރާއްޖޭގައި ތިބި އިންޑިޔާގެ ސިފައިން ރާއްޖެއިން ފޮނުވާލުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ. އެގޮތުން ރާއްޖޭގައި އިންޑިޔާގެ 77 ސިފައިން ތިބި ކަމަށް ސަރުކާރުން ބުނިއިރު، އެ ސިފައިންގެ ބަދަލުގައި ޕްލެޓްފޯމުތައް އޮޕަރޭޓްކުރާނީ އެގައުމުގެ ސިވިލް މީހުން ކަމަށް ވެސް ސަރުކާރުން ވަނީ ބުނެފައެވެ.

އެގޮތުން އެ މަސައްކަތްތައް ސަރުކާރުން ފަށާފައިވަނީ އިންޑިޔާ އަދި ރާއްޖޭގެ ސަރުކާރުން މަޝްވަރާތަކެއް ކުރުމަށް ވުޖޫދު ކުރި ހައި ލެވެލް ކޯ ގްރޫޕުގެ މަޝްވަރާތަކުގެ ތެރެއިންނެވެ. އެ މަޝްވަރާތަކުގެ ތެރެއިން މިހާތަނަާށް ރާއްޖެއިން 51 އިންޑިޔާގެ ސިފައިން ފޮނުވާލެވުނު ނަމަވެސް، އެ މީހުންގެ ބަދަލުގައި ރާއްޖެއަށް އައީ ކިތައް ސިވިލް މީހުންނެއް ކަމެއް ސަރުކާރުން އަދި ހާމަކޮށްފައެއް ނުވެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ