logoEN
PNC TOP 3
ދިވެހިން ޖަޕާނުގައި ކިޔެވުމަށް 13.3 މިލިއަން ޑޮލަރުގެ ސްކޮލަޝިޕް

ދިވެހިން ޖަޕާނުގައި ކިޔެވުމަށް 13.3 މިލިއަން ޑޮލަރުގެ ސްކޮލަޝިޕް

އަލްފާ އަލީ

logo

6/13/2022, 11:24:38 PM

# ސްކޮލާޝިޕް# ރާއްޖެ - ޖަޕާން

fviyzdbakaalned

ޖަޕާނުގައި ކިޔަވާ ދިވެހީންނަށް 13.3 މިލިއަން ޑޮލަރުގެ ސްކޮލަޝިޕް ލިބޭ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

PNC MID 2

ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެކަމާ ގުޅޭ އެއްބަސްވުމުގައި ފޮރިން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ހަލީލްއެވެ. އަދި ޖަޕާނުގެ ފަރާތުން ސޮއި ކުރެއްވީ ޖަޕާނުން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު ޓަކެއުޗީ މިޑޯރީއެވެ.

އެ އެއްބަސްވުމުގެ ދަށުން އިންސާނީ ވަސީލަތްތައް ކުރިއަރުވަން ޖަޕާނުން ރާއްޖެއަށް 13.3 މިލިއަން ޑޮލަރުގެ ސްކޮލަޝިޕް ދޭނެއެވެ. އެގޮތުން މި އަހަރު ހަ ދަރިވަރަކަށް ސްކޮލަޝިޕް ދޭނެއެވެ.

ރާއްޖޭގައި އިންސާނީ ވަސީލަތްތައް ތަރައްގީކުރަން ޖަޕާނުން ސްކޮލަޝިޕްތައް ދޭން ފެށީ 2020 ވަނަ އަހަރުއެވެ.

ސްކޮލަޝިޕްތަކުގެ އިތުރުން ރާއްޖޭގެ އެކި މުއައްސަސާތަކަށް ވެސް ޖަޕާނުން ވަރަށް ގިނައިން އެހީތެރިކަން ފޯރުކޮށްދެއެވެ. އެގޮތުން ފައިސާގެ އެހީ އާއި ތަކެތި ވެސް ފޯރުކޮށްދެއެވެ.

PNC COMMENT
ކޮމެންޓް
PNC COMMENT
ފަހުގެ
HDC