logoEN
Sto top
ގދ އަތޮޅު ކައުންސިލް އެތުލެޓިކްސް މުބާރާތް ރާވާ ހިންގާނެ ފަރާތެއް ހޯދަނީ

ގދ އަތޮޅު ކައުންސިލް އެތުލެޓިކްސް މުބާރާތް ރާވާ ހިންގާނެ ފަރާތެއް ހޯދަނީ

ޙުސައިން އާހިލް

logo

6/13/2022, 11:47:55 AM

# އެތްލެޓިކްސް# ގދ. އަތޮޅު ކައުންސިލް

DSC_3436

ގދ. އަތޮޅު ކައުންސިލުން މުޅި ރާއްޖެއަށް ހުޅުވާލައިގެން މިއަހަރު ބޭއްވުމަށް ނިންމާފައިވާ އެތުލެޓިކްސް މުބާރާތް ރާވާ ހިންގާނެ ޖަމްއިއްޔާއެއް ހޯދުމަށް މިއަދު އިއުލާނުކޮށްފި އެވެ.

Wamco

ގދ. އަތޮޅު ކައުންސިލުން މިއަދު އާއްމުކުރި އިއުލާނެއްގައި ބުނެފައިވަނީ، އެ ކައުންސިލުން މުޅި ރާއްޖެއަށް ހުޅުވާލައިގެން ބޭއްވުމަށް ނިންމާފައިވާ އެތުލެޓިކްސް މުބާރާތް ރާވާ ހިންގާނެ ޖަމްއިއްޔާއެއް ހޯދުމަށް ބޭނުންވާ ކަމަށެވެ.

މި މުބާރާތް ބޭއްވުމަށް ނިންމާފައިވަނީ، މިއަހަރު ސެޕްޓެމްބަރ މަހު 11 އިން 15 އަށް ގދ. ތިނަދޫ ސްޓޭޑިއަމް ގައެވެ.

މިކަމަށް ޝައުގުވެރިވާ ޖަމްއިއްޔާތަކުން މި މުބާރާތް ހިންގާނެ ގޮތުގެ ޕްރޮޕޯސަލް، 22 ޖޫން 2022ވަނަ ދުވަހުގެ 13:00 ކުރިން ގދ. އަތޮޅު ކައުންސިލް އިދާރާއަށް އީމެއިލް އަށް ކުރުމަށް އެކައުންސިލުން ވަނީ އެދިލައްވާފައެވެ. އަދި މި މުބާރާތާ ގުޅޭ މައުލޫމާތު ޝީޓު އެ އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެ ކަމަށްވެސް އިއުލާނުގައި ބުނެފައިވެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside