
ގދ. އަތޮޅު ކައުންސިލުން ތުރުކީއާއި ދުބާއީއަށް ދިޔުމަށް 8 ލައްކަށްވުރެ ގިނަ ރުފިޔާ ހަރަދުކުރި
# ގދ. އަތޮޅު ކައުންސިލް# ރައްޔިތުންގެ މަޖިލިސް-
ގދ. އަތޮޅު ކައުންސިލްގެ ކައުންސިލަރުން ތުރުކީއާއި ދުބާއީއަށް ކުރި ދަތުރަށް 8ލައްކަައަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ ފިސްކަލްގެ ޒިންމާގެ ބިލަށް ވާހަކަފުޅު ދައްކަވަމުން ނާޒިމް ވިދާޅުވީ, ލޯކަލް ކައުންސިލްތަކަށް ދެވިފައިވާ ބާރުގެ ބޭނުން ހިފަނީ އެއްވެސް މާލީ ޒިންމާދާރުކަމެއް ނެތި ކަމަށެވެ.
ނާޒިމް ވިދާޅުވީ, އަންނަ ޖުލައިމަހުގެ 26ބަންދުގައިވެސް ހއ އަތޮޅު ކައުންސިލުން ބެންކޮކް ދަތުރެއް ރާވާފައިވާކަމަށާއި, މިހިނގާ 2024ވަނަ އަހަރު ގދ. އަތޮޅު ކައުންސިލުންވެސް ވެސް ތުރުކީއާއި ދުބާއީއަށް ދަތުރުކޮށްފައިވާ ކަމަށެވެ.
ގދ. އަތޮޅު ކައުންސިލުން ތުރުކީއާއި ދުބާއީއަަށް 15 ދުވަހަށް ކުރި މި ދަތުރަށް އެކަނިވެސް 837,076.96ރ ހަރަދުކޮށްފައިވާ ކަމަށް ނާޒިމް ވަނީ ފާހަގަކުރައްވާފައެވެ. އަދި މި ދަތުރަށް ޑޮލަރު ގަނެފައިވަނީ ކަޅު ބާޒާރުގައި 17.85ރ އަށް ކަމަށްވެސް ނާޒިމް ފާހަގަކުރެއްވި އެވެ.
ނާޒިމް ވިދާޅުވީ ގައުމަށް ދިމާވެފައިވާ އިގްތިސާދީ މި ދަތި ދަނޑިވަޅުގައި އަތޮޅު ކައުންސިލްތަކުން މިފަދަ ދަތުރުތައް ކުރަމުން ދިޔުމީ ކަންބޮޑުވާ ކަމެއް ކަމަށެވެ.
ގުޅުންހުރި

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު 5 އަށް މަދުކުރަން މަޖިލީހުން ފާސްކޮށްފި

ޑަބްލިއުޑީސީތަކަށް ރަސްމީ މުސާރަ އާއި ރޯދަ އިނާޔަތް ދޭން ފާސްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އިންޑިއާއަށް ފުރާވަޑައިގަންނަވައިފި
.jpg&w=3840&q=75)