logoEN
Sto top
ގދ. އަތޮޅު ކައުންސިލުން ތުރުކީއާއި ދުބާއީއަށް ކުރި ދަތުރަކީ ގާނޫނީ އުންސުރު ހަމަވާ ދަތުރެއް - ގައްދޫ ރައީސް

ގދ. އަތޮޅު ކައުންސިލުން ތުރުކީއާއި ދުބާއީއަށް ކުރި ދަތުރަކީ ގާނޫނީ އުންސުރު ހަމަވާ ދަތުރެއް - ގައްދޫ ރައީސް

# ގދ. އަތޮޅު ކައުންސިލް

-

ގދ. އަތޮޅު ކައުންސިލުން ތުރުކީއާއި ދުބާއީއަށް ކުރި ދަތުރަކީ ޤާނޫނީ އުންސުރު ހަމަވާ ދަތުރެއް ކަމަށް ގައްދޫ ކައުންސިލް ރައީސް އަދި ގދ.އަތޮޅު ކައުންސިލްގެ މެންބަރު، މުހައްމަދު އަހްމަދު ވިދާޅުވެއްޖެ އެވެ.

Wamco

ދައުލަތުގެ ފިސްކަލްގެ ޒިންމާގެ ބިލަށް މިއަދު މަޖިލީހުގައި ވާހަކަފުޅުދައްކަވަމުން ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް ވިދާޅުވީ, ގދ. އަތޮޅު ކައުންސިލުން ތުރުކީއާއި ދުބާއީއަަށް 15 ދުވަހަށް ކުރި ދަތުރަށް 837,076.96ރ ޚަރަދުކޮށްފައިވާ ކަމަށާއި އަދި ޑޮލަރު ގަނެފައިވަނީ ކަޅު ބާޒާރުގައި 17.85ރ އަށް ކަމަށެވެ.

ނާޒިމްގެ ވާހަކަފުޅާއި ގުޅިގެން ގައްދޫ ކައުންސިލްގެ ރައީސް މުހައްމަދު އަހްމަދު ވިދާޅުވީ, 'ޤައުމަށް އިޤްތިޞާދީ ދަތި ދަނޑިވަޅު' އޭކިޔާ ޙާލަތު ދިމާވީ މިހާރު ކަމަށެވެ.

އަދި ޙަޤީޤަތާއި ޚިލާފު، ރަޢްޔިތުންނަށް ކައުންސިލާއިމެދު ނުބައި ތަޞައްވުރެއް އުފެދޭ ގޮތަށް ކަމުގެ މަޢުލޫމާތު އޮޅުން ނުފިލުވައި މަޖިލީހުގެ ތަޅުމުގައި ދިއްގަރު ދާއިރާގެ މެމްބަރު އަދި ރަޢްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް، އަހުމަދު ނާޒިމް މިއަދު ދެއްކެވި ވާހަކަތައް ކުށްވެރިކުރާ ކަމަށެވެ.

ކައުންސިލްތަކުން ކުރާ ޚަރަދުތަކަކީ މަހުން މަހަށް ރިޕޯޓް ތައްޔާރުކުރެވި ކަމާއި ގުޅޭ މަސްޢޫލު ހުރިހާ އިދާރާތަކަށް ފޮނުވޭ އެއްޗަކަށް ވާއިރު، އޭގައި ހުރި އެއްޗަކަށް ބެލުމެއްނެތި ގދ.އަތޮޅު ކައުންސިލްގެ ނަން ކިލަނބު ކޮށްލާފައިވަނީ ވަރަށްވެސް ޣައިރު ޒިންމާދާރު ކަމާއި ސުލޫކީ ހަމައިން ބޭރުން ކަމަށްވެސް ގައްދޫ ކައުންސިލްގެ ރައީސް މުހައްމަދު އަހްމަދު ވިދާޅުވިއެވެ.

2024 އެޕްރީލް 26 ވީ ދުވަހުގައި ގދ.އަތޮޅު ކައުންސިލުން ދިވެހިރާއްޖެއިން ބޭރަށް ކޮށްފައިވާ ދަތުރަކީ ޤާނޫނީ އުންޞުރުތައް ފުރިހަމަވާ 2024 ވަނަ އަހަރުގެ އަތޮޅުކައުންސިލްގެ މަސައްކަތު ތާވަލުގައި ހިމަނައިފައިވާ 'ތަމްރީނާއި ހުނަރު ކުރިއެރުވުން' ދާއިރާގައި ހިމެނޭ އަތޮޅުކައުންސިލްގެ އެފެކްޓިވްނެސް އެކްޓިވިޓީއެއް ކަމަށާއި އަދި އަތޮޅުކައުންސިލްގެ ޕަރފޮމަންސް އިންޑެކްސްއަށް ބުރަދަން ދޭ އެކްޓިވިޓީއެއް ކަމަށް މުހައްމަދު ވިދާޅުވިއެވެ. މުހައްމަދު އިތުރަށް ވިދާޅުވީ, މިދަތުރުގެ ހުއްދަ މިނިސްޓްރީއޮފް ފިނޭންސްއިންވެސް ހޯދައިފައިވާނެ ކަމަށެވެ.

މި ދަތުރުގައި ތުރުކީގެ ޓޫރިސްޓް އެޓްރެކްޝަން ޕޮއިންޓްތަކަށް ޒަޔާރަތްކޮށް އެތަންތަން ތަރައްޤީކުރެވިފައިވާގޮތްތަކާއި މާކެޓިންއަށް ބޭނުންކުރާ ކޮންސެޕްޓް ޓޫލްތައް ބަލައި ދިރާސާކޮށްފައި ވާނެ ކަމަށް މުހައްމަދު ވިދާޅުވި އެވެ. މީގެ އިތުރުން ދުބާއީއަށް ކުރި ދަތުރުގައި ދުބާއީ ވޯލްޑް ޓްރޭޑް ސެންޓަރ ގައި އެވަގުތު ކުރިއަށްދިޔަ ޢަރަބިއަން ޓްރެވަލް މަރކެޓް ގައި ބައިވެރިވެ, އެމްއެމްޕީއާރުސީގެ މެނޭޖްމަންޓާ ބައްދަލުކޮށްފައިވާކަމަށް މުހައްމަދު ފާހަގަކުރެއްވި އެވެ. މި ބައްދަލުކުރެއްވުމުގައި, ގދ. އަތޮޅުގެ ރަށްރަށުގައި ހުރި ޓޫރިސްޓް ފެސިލިޓީތައް ޕްރޮމޯޓްކުރެވޭނެ ގޮތްތަކަކާ މެދު މަޝްވަރާކުރެވުނު ކަމަށް މުހައްމަދު ފާހަގަކުރެއްވި އެވެ.

މީގެ އިތުރުންވެސް ރާއްޖެއިން ދުބާއީއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު, މުޙައްމަދު ޙުސައިން ޝަރީފްއާ އެމްބަސީގެ އިސް އޮފިޝަލުންންނާއިއެކު ބައްދަލުކުރައްވައި މުހިއްމު މަޝްވަރާތަކެއް ކުރައްވާފައިވާ ކަމަށް މުހައްމަދު ވިދާޅުވި އެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside