logoEN
Sto top
5000މ ދުވުމުން، އަންހެން ގައުމީ ރެކޯޑް ސަމްހާ މުގުރާލައިފި

5000މ ދުވުމުން، އަންހެން ގައުމީ ރެކޯޑް ސަމްހާ މުގުރާލައިފި

ހަސަން ޝަމްއޫން

logo

4/18/2024, 8:02:30 AM

# ސަމްހާ އަހުމަދު# އެތްލެޓިކްސް

ސަމްހާ އަހުމަދު

ޖަރުމަނުގެ ގްރޭފާތުގެ ރެއިލްވޭ އޯޕަންގައި ވާދަކޮށް، ސަމްހާ، 5000 މީޓަރުގެ ރޭސް ނިންމާފައިވަނީ 19 މިނިޓް، 42.45 ސިކުންތުންނެވެ.

Wamco

މިރޭހުގައި 35 އަހަރާއި 44 އަހަރާއި ދެމެދުގެ އުމުރުފުރާގައި ވާދަކޮށް ސަމްހާ ދެވަނަ ހޯދިއިރު، އެއްވަނަ ހޯދީ 19 މިނިޓް، 29.93 ސިކުންތުން ރޭސް ނިންމި ޖަރުމަނުގެ އޯމެން ލޯރާ އެވެ. އަދި ތިންވަނަ ހޯދި ޖަރުމަނުގެ އެތްލީޓް ހަރްޑެން ނީނާ. ރޭސް ނިންމާފައި ވަނީ 20 މިނެޓް 21.15 ސިކުންތުންނެވެ.

ކުރިން މި ރެކޯޑް އޮތީ، ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަނުގެ އައިމިނަތު ޖާއިޝާ ޖުނީޒް އަތުގަ އެވެ. ޖާއިޝާ 5000މ ގެ ރެކޯޑް ހެދީ، 2022 ވަނަ އަހަރުގެ ގައުމީ އެތުލެޓިކްސް މުބާރާތުގައި 19 މިނިޓް، 43.09 ސިކުންތުން ދުވެގެންނެވެ.

ރާއްޖޭގެ ތަޖުރިބާކާރު ދުވުންތެރިއާ އަދި ދިގު ދުވުންތަކަށް ޚާއްސަ ކޯޗެއްކަމައްވާ ނަސްރުﷲ އަހުމަދު (ނަސްރު)ގެ އިރުޝާދުގެ ދަށުން ތަމްރީން ހަދަމުން އަންނަ އުމުރުން 42 އަހަރުގެ ސަމްހާ ވަނީ، މެރަތަން އާއި ހާފް މެރަތަންގެ އިތުރުން 10 މީޓަރު ދުވުމުގެ ގައުމީ ރެކޯޑް ވެސް މިދިޔަ އަހަރުތަކުގައި މުގުރާލައިފަ އެވެ.

2000 ގެ ކުރީކޮޅު ކުރު ދުވުންތަކުގައި ރާއްޖޭގައި އެންމެ ފާހަގަކޮއްލެވުނު އަންހެން އެތްލީޓް ސަމްހާ، 2001 ވަނަ އަހަރު ވޯލްޑް ޗެމްޕިއަންޝިޕުގައި 12.27 ސިކުންތުން ދުވެގެން ހެދި 100 މީޓަރު ދުވުމުގެ އަންހެން ރެކޯޑު އޭގެ 21 އަހަރު ފަހުން އައުކުރީ ޖަރުމަނުގައި 2022 ވަނަ އަހަރު ބޭއްވުނު ކޮމަންވެލްތު ގޭމްސްގައި ވާދަކުރި، ރާއްޖޭގެ އައިޝަތު ހިމްނާ ހަސަން އެވެ. ހިމްނާ ރެކޯޑު ހެދީ 12.17 ސިކުންތުން 100 މީޓަރު ދުވެގެންނެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside