logoEN
WAMCO TOP 1
އަމާޒަކީ މީޑިއާ ވިލެޖްގެ މަސައްކަތް މިމަހުގެ ނިޔަލަށް ނިންމާލުން - އެޗްޑީސީ

އަމާޒަކީ މީޑިއާ ވިލެޖްގެ މަސައްކަތް މިމަހުގެ ނިޔަލަށް ނިންމާލުން - އެޗްޑީސީ

އަހުމަދު ޝުރާއު

logo

7/14/2026, 7:24:10 AM

# އެޗްޑީސީ

-

ހުޅުމާލޭގެ "މަންހަޓަން ގްރޭންޑް ހޮޓެލް" ގެ ގްރައުންޑް ފްލޯގައި ތަރައްގީކުރަމުންދާ މީޑިއާ ވިލޭޖްގެ އެންމެ ފަހުގެ ފިނިޝިންގ މަސައްކަތްތައް ބާރުދުވެލީގައި ކުރިއަށްދާކަން ހައުސިންގ ޑިވެލޮޕްމެންޓު ކޯޕަރޭޝަން، އެޗްޑީސީން ހާމަކޮށްފި އެވެ.

THE TRAVELLER AD

މި މީޑިއާ ވިލެޖަކީ ރާއްޖޭގެ ނޫސް މީޑިއާތައް ހިންގުމަށް ދިމާވެފައިވާ ޖާގައިގެ ބޮޑު ދަތިކަމަށް ދާއިމީ ހައްލެއް ހޯދައިދިނުމުގެ ގޮތުން ސަރުކާރުން ގާއިމުކޮށްދޭ ޚާއްސަ މަރުކަޒެކެވެ.

މި މަސައްކަތުގެ އަދާހަމަ ހާމަކުރަމުން އެޗްޑީސީން ބުނީ މީޑިއާ ވިލެޖުގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރިޔަށްދާ ކަމަށާއި އަމާޒަކީ މިމަހުގެ ނިޔަލަށް އެތަނުގެ މަސައްކަތް އެއްކޮށް ނިންމާލުން ކަމަށެވެ.

މި މީޑިއާ ވިލެޖު ތަރައްގީ ކުރަމުންދަނީ ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި މީގެ 17 ވަރަކަށް އަހަރު ކުރިން އެސްޓީއޯ އިން ސިޓީ ހޮޓަލެއް ތަރައްޤީކުރަން ފެށި އިމާރާތުގައެވެ. އެ އިމާރާތް ރާއްޖޭގެ ތަރައްޤީއަަށް އިންޤިލާބީ ބަދަލެއް ގެންނާނެ ފަދަ ގޮތަކަށް ތަރައްޤީކޮށް، ހިންގުން ވޯލްޑް ބިޒްނަސް ޕްރައިވެޓް ލިމިޓެޑާއި ޙަވާލުކޮށްފައި ވަނީ މިދިޔަ އަހަރުގެ އޯގަސްޓު މަހުގެ ތެރޭގައެވެ.

"މަންހަޓަން ގްރޭންޑު" ގެ ނަމުގައި އެ ހޮޓާ އަލުން ތަރައްޤީކުރާއިރު، އެތަނުގެ 3 ނުވަތަ 5 ފަންގިފިލާ ޚާއްޞަ ކުރަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންނަށް ވެވަޑައިގެންނެވި މުހިންމު 4 ވަޢުދެއް ފުއްދައިދިނުމަށެވެ. އެގޮތުން ޔޫތު ސެންޓަރަކާއެކު މީޑިއާ ވިލެޖާއި، މެޑިކަލް ކޮލެޖަކާއި، ތަރިކަ ކޮލެޖު އެ އިމާރާތުގައި ޤާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި މީޑިއާ ވިލޭޖުގެ މަސައްކަތް ނިމި ބޭނުންކުރަން ފެށުމުން، ރާއްޖޭގެ މީޑިއާތަކަށް އެކަށީގެންވާ ޒަމާނީ މާހައުލެއްގައި މަސައްކަތްކުރުމުގެ ފުރުސަތު ހުޅުވިގެންދާނެއެވެ.

ކޮމެންޓް
ފަހުގެ
HDC