
ރަސްމީ ދަތުރުފުޅެއްގައި ފޮރިން މިނިސްޓަރު ސައުދީއަށް ވަޑައިގެންފި
# އަބްދުالله ޝާހިދު# ރާއްޖެ-ސައުދީ# ފޮރިން މިނިސްޓަރުcapture-19
ރާއްޖޭގެ ފޮރިން މިނިސްޓަރު، އަބްދުﷲ ޝާހިދު ސައުދީ އަރަބިއްޔާއަށް ވަޑައިގެންފިއެވެ.

ފޮރިން މިނިސްޓްރީން ވިދާޅުވީ، ޝާހިދު ސައުދީއަށް ވަޑައިގެންނެވީ އެ ގައުމުގެ ފޮރިިން މިނިސްޓަރު، އަމީރު ފައިސަލް ބިން ފަރުހާން އާލް ސައުދުގެ ދައުވަތަކަށް ކަމަށެވެ.
އދ.ގެ އާއްމު މަޖިލީހުގެ ރައީސްގެ މަގާމުގައި ހުންނެވި ޝާހިދު ސައުދީއަށް ކުރައްވާ ދަތުރުފުޅުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒަށް ފޮނުއްވާ ސިޓީއެއް އެ ގައުމުގެ ފޮރިން މިނިސްޓަރަށް އަރުވާނެ ކަމަށް ވެސް މިނިސްޓްރީން އިން ބުނެފައި ވެއެވެ.
އޭގެ އިތުރުން ދެ ގައުމުގެ ފޮރިން މިިނިސްޓަރުގެ މެދުގައި ރަސްމީ ވާހަކަތަައް ބާއްވާނެ ކަމަށާއި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ގޮތްތަކާ ގުޅޭ ގޮތުން މަޝްވަރާކުރާނެ ކަމަށް ވެސް މިނިސްޓްރީގެ ބަޔާނުގައި ބުނެފައި ވެއެވެ. އަދި ސައުދީގެ އެހީގައި ރާއްޖޭގައި ހިންގާ މަޝްރޫއުތައް ކުރިއަށްދާ ގޮތާ ގުޅޭ ގޮތުން މަޝްވަރާކުރާނެ ކަމަށް ބުނެފައިވެއެވެ.
ރާއްޖެއާއި ސައުދީއަކީ ޒަމާނުއްސުރެ އެކުވެރި ދެ ގައުމެކެވެ. ސައުދީން ވަނީ ރާއްޖޭގައި ބޮޑެތި ތަރައްގީގެ މަޝްރޫއުތަކަށް އެހީތެރިކަން ފޯރުކޮށްދީފައެވެ.
ގުޅުންހުރި

ދޭދޭ ޤައުމުތަކާއި ބައިނަލްއަޤުވާމީ ޖަމްޢިއްޔާތަކާއެކު އޮންނަ ގުޅުންތައް ހީނަރުވާގޮތަށް އަމަލުނުކުރަން ސަރުކާރުގެ އިލްތިމާސް!

ދިފާއީ ދާއިރާއިން ގުޅުން ހަރުދަނާ ކުރަން ރާއްޖެއާއި ސައުދީން މަޝްވަރާކޮށްފި

އަލް އިމާމު މުޙައްމަދު އިބްނު ސަޢުދު އިސްލާމިކް ޔުނިވާސިޓީން ރާއްޖޭގެ އިސްލާމީ ލައިބްރަރީތަކަށް 64,000 ފޮތް ހަދިޔާކޮށްފި
-1751888315979.webp&w=3840&q=75)



