-1751888315979.webp&w=3840&q=75)
-
ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު ޔަޙްޔާ ޙަސަން އަލްޤަހްޠާނީ، ޚާރިޖީ ވަޒީރު ޑޮކްޓަރ ޢަބްދުﷲ ޚަލީލްގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

ޚާރިޖީ ވުޒާރާގައި މިއަދު ހެނދުނު ބޭއްވުނު މި ބައްދަލުވުމުގައި، މިނިސްޓަރ ޑޮކްޓަރ ޚަލީލް ވަނީ ސަފީރު ޔަޙްޔާ ހަސަން އަލްޤަހްޠާނީ، ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އެރުވުމުން އެކަމަށް ތަހުނިޔާ ވިދާޅުވެފައެވެ. މިނިސްޓަރ ގެ ވާހަކަފުޅުގައި އެމަނިކުފާނުގެ ސަފީރުކަމުގައި ދިވެހިރާއްޖެއާއި ސަޢޫދީ ޢަރަބިއްޔާއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމުގައި ޔަޤީންކުރައްވާ ކަމަށް ވިދާޅުވިއެވެ. އަދި ސަޢޫދީ ޢަރަބިއްޔާއާއި ދިވެހިރާއްޖެއާ ދެމެދު އޮންނަނީ ވަރަށް ގާތް ގުޅުމެއް ކަމަށާއި ސަޢޫދީ ޢަރަބިއްޔާއިން ދިިވެހިރާއްޖޭގެ ތަރައްޤީއަށް ވެދެއްވަމުން ގެންދާ އެހީތެރިކަން ފާހަަގަކުރައްވައި އެކަމަށް ޝުކުރުއަދާކުރެއްވިއެވެ. މީގެ އިތުރުން، ސަޢޫދީ ސަރުކާރުން ނިމިދިޔަ ހައްޖު މޫސުމުގައި "މައްކާ ރޫޓް" އިނީޝިއޭޓިވްގައި ދިވެހިރާއްޖެ ހިމަނުއްވާފައިވާތީ، ސަޢޫދީ ސަރުކާރުގެ އިސްވެރިންނަށް ޝުކުރުއަދާ ކުރައްވާފައިވެއެވެ.
މި ބައްދަލުވުމުގައި މިނިސްޓަރާއި ސަފީރު ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާކުރުމާއި، އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ މުހިންމު ކަމުގެ މައްޗަށް އަލިއަޅުވާލައްވައި ވާހަކަފުޅު ދެއްކެވިއެވެ.
މިނިސްޓަރ ޑޮކްޓަރ ޚަލީލްގެ އަރިހުގައި ސެކްރެޓަރީ، ޑޮކްޓަރ ހާލާ ޙަމީދު، އެމްބެސެޑަރ އެޓް ލާރޖް ޢަބްދުﷲ ޙަމީދު، ޖޮއިންޓް ސެކްރެޓަރީ ޚަދީޖާ ނަޖީހާ، ސީނިއަރ އަންޑަރ ސެކްރެޓަރީ ފާތިމަތު ނައީމާ އަދި ޑެޕިއުޓީ ޑެސްކް އޮފިސަރ ފާތިމަތު ލަޔާނާ އިޙުސާން މި ބައްދަލުވުމުގައި، ބައިވެރިވެވަޑައިގަތެވެ.
ގުޅުންހުރި

ދިފާއީ ދާއިރާއިން ގުޅުން ހަރުދަނާ ކުރަން ރާއްޖެއާއި ސައުދީން މަޝްވަރާކޮށްފި

އަލް އިމާމު މުޙައްމަދު އިބްނު ސަޢުދު އިސްލާމިކް ޔުނިވާސިޓީން ރާއްޖޭގެ އިސްލާމީ ލައިބްރަރީތަކަށް 64,000 ފޮތް ހަދިޔާކޮށްފި
-1751888315979.webp&w=3840&q=75)
ސައުދީއާ ރާއްޖެއާ ދެމެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާކުރުމަށް މަޝްވަރާކޮށްފި




