logoEN
WAMCO TOP 1
ދިފާއީ ދާއިރާއިން ގުޅުން ހަރުދަނާ ކުރަން ރާއްޖެއާއި ސައުދީން މަޝްވަރާކޮށްފި

ދިފާއީ ދާއިރާއިން ގުޅުން ހަރުދަނާ ކުރަން ރާއްޖެއާއި ސައުދީން މަޝްވަރާކޮށްފި

# ރާއްޖެ-ސައުދީ

-

ދިފާޢީ ދާއިރާއިން ގުޅިގެން މަސައްކަތް ކުރުމާ ގުޅޭގޮތުން ރާއްޖެއާއި ސަޢޫދީ ޢަރަބިއްޔާއާ ދެމެދު މަޝްވަރާ ކުރައްވައިފިއެވެ. މި މަޝްވަރާތައް ކުރައްވާފައިވަނީ، ސަޢުދީ ޢަރަބިއްޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޔަޙްޔާ ޙަސަން އަލްޤަހްތާނީ ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވަޒީރު ޙަސަން ރަޝީދުގެ އަރިއަހަށް ކުރެއްވި އިޙްތިރާމްގެ ޒިޔާރަތުގައެވެ. މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ކުރެއްވި މަޝްވަރާތަކުގައި ބޮޑަށް އަލިއަޅުވާލާފައިވަނީ، ދެ ޤައުމުގެ ދިފާޢީ އެއްބާރުލުން ހަރުދަނާ ކުރުމާ ގުޅޭގޮތުންނެވެ. މި ބައްދަލުވުމުގައި ވަޒީރު ވަނީ، ރާއްޖޭގެ ދިފާޢީ ދާއިރާ ހަރުދަނާ ކުރުމަށް ސަޢުދީ ޢަރަބިއްޔާގެ ސަރުކާރުން ދެއްވަމުން ގެންދަވާ އެއްބާރުލުން ފާހަގަކުރައްވާ އެކަމުގެ އަގުވަޒަން ކުރައްވާފައެވެ.

THE TRAVELLER AD

ސައުދީއާއި ރާއްޖެއާ އޮންނަ ގުޅުމުގެ ތެރެއިން ދިފާއީދާއިރާ ނޫން އެހެނިހެން ގިނަ ދާއިރާތަކުން ރާއްޖެއަށް އެހީތެރިކަން ލިބެއެވެ. ހާއްސަގޮތެއްގަައި ހައްޖާއި އުމްރާގެ ކަންކަމުގައި ސައުދީން ރާއްޖެއަށް ފޯރުކޮށްދޭ އެހީތެރިކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓް
ފަހުގެ
HDC