logoEN
Sto top
އެމްއައިބީ ސެލްފް ސަރވިސް އޭޓީއެމްގެ ހިދުމަތް ތިނަދޫގައި ރަސްމީކޮށް ފަށައިފި

އެމްއައިބީ ސެލްފް ސަރވިސް އޭޓީއެމްގެ ހިދުމަތް ތިނަދޫގައި ރަސްމީކޮށް ފަށައިފި

# އެމްއައިބީ# މޯލްޑިވްސް އިސްލާމިކް ބޭންކް

GMG_8415

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ގދ. ތިނަދޫގައި ސެލްފް ސާރވިސް އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް ފަށައިފި އެވެ.

Wamco

މިއަދު ތިނަދޫގައި ބޭއްވުނު ހާއްސަ ރަސްމިއްޔާތެއްގައި، މި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ ތިނަދޫ ކައުންސިލްގެ ރައީސް ސައުދު ޢަލީ އާއި، ގދ އަތޮޅު ކައުންސިލްގެ ރައީސް ހަސަން ފައިހަތު ގުދުރަތުﷲ އާއި އެމްއައިބީގެ މާކެޓިންގ ހެޑް އަދި ވަގުތީގޮތުން ރީޓެއިލް ބޭންކިންގ އާ ހަވާލުވެ ހުންނެވި، ހުސެއިން އާލިމް ޝަކޫރު އެވެ.

undefined

މިއީ އެމްއައިބީ އިން ގދ. އަތޮޅުގައި ގާއިމްކުރި މިިފަދަ ފުރަތަމަ އޭޓީއެމް އެވެ.

މި އޭޓީއެމްގެ ހިދުމަތް ތައާރަފްކުރެއްވުމަށް މިއަދު ބޭއްވުނު ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމްއައިބީގެ މާކެޓިންގ ހެޑް އަދި ވަގުތީގޮތުން ރީޓެއިލް ބޭންކިންގ އާ ހަވާލުވެ ހުންނެވި، ހުސެއިން އާލިމް ޝަކޫރު ވިދާޅުވީ، މި އޭޓީއެމްގެ ހިދުމަތާއެކު އަތޮޅުގެ ރައްޔިތުންނަށް ބޮޑެތި ލުއިފަސޭހަތަކެއް އެ ބޭންކުގެ ކަސްޓަމަރުންނަށް ލިބިގެން ދާނެ ކަމަށެވެ. ވަކިން ހާއްސަކޮށް ފައިސާ ޖަމާކުރުމުގެ ހިދުމަތާއެކު މަސްވެރިންނަށްވެސް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެކަމަށް އާލިމް ފާހަގަކުރެއްވި އެވެ.

undefined

"މި މެޝިނުގެ އެންމެ ބޮޑު ފައިދާއެއްވާނެ ކަމަށް އަޅުގަނޑު ހިތުގަ އޮތީ އަތޮޅުތެރޭގެ މަސްވެރިންނަށް. ކޮންމެ ގަޑިއެއްގަ އައިކަމަށްވިޔަސް ބޭނުންވާ ޓްރާންސެކްޝަން އަދި ފައިސާ ޖަމާކުރުމުގެ ހިދުމަތް ފަސޭހައިން ލިބިގެންދާނެ" ހުސެއިން އާލިމް އަބްދުއްޝަކޫރު

undefined

ތިނަދޫ ފެރީޓާމިނަލް ސަރަހައްދުގައި ގާއިމްކުރެވުނު މި އޭޓީއެމް ހިދުމަތް ތައާރަފްކުރުމަށް ބޭއްވުނު ރަސްމިއްޔާތުގައި އެމްއައިބީގެ އިސްވެރިންނާއި، އެ ބޭންކުގެ ތިނަދޫ ސްޓާފުންނާއި، މުވައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside