logoEN
Sto top
މީދޫގައި އިސްލާމިކް ބޭންކުގެ އޭޓީއެމްގެ ޚިދުމަތް ފަށައިފި

މީދޫގައި އިސްލާމިކް ބޭންކުގެ އޭޓީއެމްގެ ޚިދުމަތް ފަށައިފި

އަހުމަދު ޝުރާއު

logo

12/31/2025, 9:03:47 AM

# އެމްއައިބީ

-

އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއާއި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އާއި ގުޅިގެން ދ. މީދޫގައި އޭޓީއެމްގެ ޚިދުމަތްތައް އިފްތިތާޙްކޮށްފިއެވެ.

Wamco

މީދޫގައި މިދިޔަ ހޯމަ ދުވަހު ބޭއްވުނު ރަސްމިޔާތެއްގައި އެރަށުގައި ގާއިމްކުރި އެމްއައިބީގެ އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް އިފްތިތާޙް ކޮށްދެއްވީ އިޤްތިޞާދީ ތަރައްޤީ އާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދުއެވެ.

މާލީ މުހިންމު ހުރިހާ ޚިދްމަތްތަކެއް އެއްތަނަކުން ލިބޭނެފަދަ އިންތިޒާމެއް، ރާއްޖޭގެ މީހުންދިރިއުޅޭ ކޮންމެ ރަށެއްގައި ޤާއިމުކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތުގެ ދަށުން، ދިވެހިރާއްޖޭގެ މީހުންދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ބަހައްޓައި އޭޓީއެމްގެ ޚިދްމަތްތައް ފޯރުކޮށްދިނުމަށްޓަކައި ޢިޤްތިޞާދީ ތަރައްޤީ އާއި ވިޔަފާރިޔާ ބެހޭ ވުޒާރާ އާއި މޯލްޑިވްސް އިސްލާމިކް ބޭންކާއި ދެމެދު އެއްބަސްވުމެއްގައި ސޮއި ކުރެވުނީ 7 ނޮވެންބަރު 2024 ގައެވެ. މި އެއްބަސްވުމާއެކު 23 އޭޓީއެމެއް 19 ރަށެއްގައި ބަހައްޓާނެއެވެ.

ރައީސް ޑރ މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅާއި އެއްގޮތަށް މިހާރު ރާއްޖޭގެ ހުރިހާ ރަށެއްގައި ބީއެމްއެލްގެ އޭޓީއެމްގެ ހިދުމަތް ފަށާފައިވާއިރު އާބާދީތައް ބޮޑު އަދި އާބަން ސެންޓަރުތަކުގެ ގޮތުގައި ގާއިމްކުރާ ރަށްތަކުގައި އެމްއައިބީގެ އޭޓީއެމްތައް ބެހެއްޓުމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރަމުންނެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC