logoEN
Sto top
އެމްއައިބީގެ އޭޓީއެމް ހިދުމަތް ހުޅުދޫ މީދޫއަށް!

އެމްއައިބީގެ އޭޓީއެމް ހިދުމަތް ހުޅުދޫ މީދޫއަށް!

އަހުމަދު ޝުރާއު

logo

11/5/2025, 9:45:16 AM

# އެމްއައިބީ

-

ސ ހުޅުދޫއާއި މީދޫގައި މޯލްޑިވްސް އިސްލާމިކް ބޭންކް، އެމްއައިބީގެ އޭޓީއެމްގެ ޚިދުމަތް ރަސްމީކޮށް ފަށައިފިއެވެ.

Wamco

މި ޚިދުމަތް ފަށާފައި މިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިހާރު އައްޑޫ އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ހުޅުދޫ އާއި މީދޫއަށް ކުރެއްވި ޒިޔާރަތުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އެވެ.

އެގޮތުން އިސްލާމިކް ބޭންކްގެ އޭޓީއެމްގެ ޚިދުމަތް ފެށުމަށް ބޭއްވުނު ރަސްމިއްޔާތުގައި ޚިދުމަތް ރަސްމީކޮށް ފައްޓަވާދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.

އެމްއައިބީއިން މައުލޫމާތު ދޭގޮތުގައި ހުޅުދޫ މީދޫގައި ޤާއިމްކޮށްފައިވާ އެމްއައިބީ އޭޓީއެމުން އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގުމާއި ޖަމާކުރުމުގެ ޚިދުމަތް ލިބިގެންދާނެއެވެ،

އެމްއައިބީގެ ޚިދުމަތްތައް މުޅި ރާއްޖެއަށް ފުޅާކުރުމުގެ ތެރެއިން މިއަހަރު އިތުރު 18 ރަށެއްގައި އޭޓީއެމް ބެހެއްޓުމުގެ މަސައްކަތް ކުރަމުންދާއިރު މި 18 ރަށުގައި ޑޮލަރު އޭޓީއެމް ހިމެނޭހެން 23 އޭޓިއެމްއެއް ބަހައްޓާނެއެވެ. މީގެ އިތުރުން ރ. އުނގުފާރު، ށ. ފުނަދޫ، ކ. މާލެ އަދި ގއ. ވިލިނގިލީގައި އެބޭންކުގެ ސޭލްސް ސެންޓަރުތައްވެސް ގާއިމްކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ސަރުކާރުގެ ޢަމާޒަކީ މި އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ޤާއިމުކުރުމެވެ. މި އަމާޒު ހާސިލުކުރުމަށްޓަކާ ބޭންކް އޮފް މޯލްޑިވްސްއާއި މޯލްޑިވްސް އިސްލާމިކް ބޭންކާ ގުޅިގެން މިދިޔަ ނޮވެމްބަރުމަހު ސަރުކާރުން ވަނީ ޚާއްސަ މަސައްކަތްތަކެއް ފަށާފައެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC