logoEN
Sto top
ޑީއެންއާރް އާއި އެމްއައިބީއާ ދެމެދު މަޢުލޫމާތު ހިއްސާކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

ޑީއެންއާރް އާއި އެމްއައިބީއާ ދެމެދު މަޢުލޫމާތު ހިއްސާކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

# ޑީއެންއާރް# އެމްއައިބީ

ފޮޓޯ: ޑީއެންއާރް

ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީ.އެން.އާރު) އިން ބަލަހައްޓަމުންގެންދާ ދިވެހިރައްޔިތުންގެ މަޢުލޫމާތު މޯލްޑިވްސް އިސްލާމިކް ބޭންކް (އެމް.އައި.ބީ)އާ ހިއްސާކުރުމާ ގުޅޭ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

Wamco

މި އެއްބަސްވުމުގައި ސޮއިކުރީ މި މަހުގެ 13ވަނަ ދުވަހުއެވެ.

މި އެއްބަސްވުމުގެ މަޤްސަދަކީ، ބޭންކުގެ ޚިދުމަތް ހޯދާ ކަސްޓަމަރުންގެ މަޢުލޫމާތު، ޑީ.އެން.އާރުގެ އޭ.ޕީ.އައި ލިންކް މެދުވެރިކޮށް ވެރިފައިކުރުމެވެ.

މިގޮތުން ޑީ.އެން.އާރުން ބަލަހައްޓަމުން ގެންދާ މަޢުލޫމާތު ވެރިފައިކުރުމުން، ބޭންކުން ޢާއްމު ރައްޔިތުންނަށް ފޯރުކޮށްދެމުން ގެންދާ ޚިދުމަތްތައް އަވަސްވެ އަދި ހަރުދަނާ ނިޒާމެއްގެ ދަށުން ކުރިއަށް ގެންދިއުމުގެ ފުރުޞަތު ފަހިވެގެންދާނެއެވެ.

ޑީއެންއާރުން ވަނީ 2025 ވަނަ އަހަރު ބޭންކު އޮފް މޯލްޑިވްސް އާއި ވެސް މަޢުލޫމާތު ހިއްސާކުރުމުގެ މިފަދަ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC