logoEN
cocacola
ދިވެހި ނޫސްވެރިންނަށް ދިމާވާ ގޮންޖެހުންތަކާ ގުޅިގެން އައިއެފްޖޭގެ ކޮންގްރެސްގައި އެމްޖޭއޭއިން އަޑު އުފުލައިފި

ދިވެހި ނޫސްވެރިންނަށް ދިމާވާ ގޮންޖެހުންތަކާ ގުޅިގެން އައިއެފްޖޭގެ ކޮންގްރެސްގައި އެމްޖޭއޭއިން އަޑު އުފުލައިފި

އަލްފާ އަލީ

logo

6/4/2022, 10:59:38 PM

# އެމްޖޭއޭ# ދިވެހި ނޫސްވެރިކަން

9ed5fbb6-8772-44b6-8900-bb20fe40e280

ރާއްޖޭގެ ނޫސްވެރިންނަށް ދިމާވާ މައްސަލަތަކާއި ހުރި ގޮންޖެހުންތަކާ ގުޅޭގޮތުން އިންޓަނޭޝަނަލް ފެޑަރޭޝަން އޮފް ޖާނަލިސްޓްސް (އައިއެފްޖޭ)ގެ ކޮންގްރެސް 2022ގައި، މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ބައިވެރިވެ އަޑުއުފުލައިފިއެވެ.

ގޮސިޔާ

އެމްޖޭއޭ އިން ބުނީ، އެ ކޮންގްރެސްގައި އެމްޖޭއޭގެ ފަރާތުން ރާއްޖޭގެ ނޫސްވެރިންނަށް މިހާރު ކުރިމަތިވާ ގޮންޖެހުންތަކާއި ދަތިތަކުގެ މައުލޫމާތު ހިއްސާކޮށް އެކަންކަން ބައިނަލްއަގުވާ ފަރާތްތަކުގެ ސަމާލުކަމަށް ގެނެސްފައިވާ ކަަމށެވެ.

މި ކޮންގްރެސް ކުރިއަށް ގެންގޮސްފައި ވަނީ މެއި 31 ވަނަ ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް އޮމާންގެ ވެރިރަށް މަސްކަޓްގައެވެ. އެމްޖޭއޭގެ ފަރާތުން އެ ކޮންގްރެސްގައި ބައިވެރިވެފައި ހިންގާ ކޮމެޓީގެ މެންބަރު އަދި ނޫސްވެރިޔާ މުހައްމަދު ޖުނައިދުއެވެ.

އެމްޖޭއޭ އިން ބުނީ، ނޫސްވެރިން ހައްގުތަކާއި ރައްކާތެރިކަމާ ގުޅޭ ގޮތުން އައިއެފްޖޭގެ ދާއިމީ މެންވަރު ޖަމްއިއްޔާތަކުން އެ ކޮންގްރެސްއަށް ހުށަހެޅި ގަރާރުތަކަށް ރާއްޖެއިން ތާއީދުކޮށް ވާހަކަ ދައްކާފައިވާނެ ކަމަށެވެ.

އައިއެފްޖޭ ކޮންގްރެސްއަކީ ކޮންމެ އަހަރަކު އެއްފަހަރު ކޮންމެ އަހަރަކު ބާއްވާ ކޮންގްރެސް އެކެވެ. އެ ކޮންގްރެސްގައި މި އަހަރު 99 ގައުމަކުން 200 އަށްވުރެ ގިނަ ނޫސްވެރިންނާއި، މީޑިއާ ފަރާތްތަކުން ބައިވެރިވެފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ