
1600x960_216990-new-project-100
ބެންގަލޫރޫގައި ހުންނަ އިންޑިއަން އިންސްޓިޓިއުޓް އޮފް ސައިންސް (އައިއައިއެސްސީ) އިން ރޫޓް ކެނަލް ޓްރީޓްމަންޓްތަކަށް އެހީވުމަށް ނެނޯބޮޓްތަކެއް އުފައްދައިފިއެވެ. މި ނެނޯބޮޓްތަކަކީ ބެކްޓީރިއާ މަރާލުމަށް ދަތްތަކަށް އިންޖެކްޝަން ޖަހައިގެން ވެސް ކުރެވިދާނެ ބޭހެއް ކަމަށާއި ޑެންޓިނަލް ޓިއުބުތަކުގެ އެތެރޭގައި ހުންނަ ޖަރާސީމުތައް މަރާލައިގެން ދަތުގެ ފަރުވާ ދެވިދާނެ ކަމަށް އެ އިންސްޓިޓިއުޓުން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

ރޫޓް ކެނަލް ޓްރީޓްމަންޓްސް (އާރްސީޓީ) އަކީ ދަތްތަކުގެ އިންފެކްޝަންތަކުން ފަރުވާ ކުރާ އާންމު ޓެކްނިކެކެވެ. މި ޓެކްނިކް އަށް ފަރުވާ ކުރަނީ ޕަލްޕް ނަމަކަށް ކިޔާ އިންފެކްޓް ވެފައިވާ ސޮފްޓް ޓިޝޫ އެއް ވަކިކޮށްގެންނެވެ. މިކަން ކުރަނީ އިންފެކްޝަން އުފެދޭ ބެކްޓީރިއާތައް މަރާލުމަށް އެންޓިބައޮޓިކްސް ނުވަތަ އެހެން ވެސް ކެމިކަލްތައް ބޭނުންކޮށްގެން ދަތް ފްލަޝް ކޮށްގެންނެވެ.
އައިއައިއެސްސީގެ ދިރާސާކުރާ ފަރާތްތަކުން ވަނީ ސިލިކަން ޑައިއޮކްސައިޑް ބޭނުންކޮށްގެން ޑިވައިސްއަކުން ކޮންޓްރޯލް ކުރެވޭނެ ފަދަ ނެނޯބޮޓްތަކެއް ކަމަށް ކާމިޔާބު ކަމާއެކު އުފައްދާފައެވެ. މި އާ ޓެކްނިކް އެންޑް ސްޓަޑީ ޝާއިއުކޮށްފައި ވަނީ ޖާނަލް އެޑްވާންސްޑް ހެލްތުކެއާ މެޓީރިއަލްސް އިންނެވެ.
މި ނެނޯބޮޓްތައް އުފައްދާފައިވަނީ ސްޓާޓްއަޕް ތިރަނައުޓިލަސް އިން ކަމަށާއި މެގްނެޓިކް ފީލްޑްގެ ޓެކްނޮލޮޖީގެ ސަބަބުން ބޮޓްތަކުގެ މޫވްމަންޓް ކޮންޓްރޯލް ކުރުމަށް ފުރުސަތު ލިބޭ ކަމަށެވެ. އައިއައިއެސްސީން ބުނެފައި ވަނީ މެގްނެޓިކް ފީލްޑްގެ ފްރިކުއެންސީ މެނިޕިއުލޭޓްކޮށްގެން ދިރާސާކުރާ ފަރާތްތަކުން ނެނޯބޮޓްތައް ވަށައިގެން ހިނގާބިނގާވެ އުޅުމުގެ ގާބިލްކަން ހޯދައި، ޓިއުބުތަކުގެ ފުން ފަށަލަތަކަށް ވަނުމުގެ ގާބިލްކަން ލިބިފައިވާ ކަމަށެވެ. މެގްނެޓިކް ފީލްޑްގެ ޓްވައިކިންގްގެ ސަބަބުން ވެސް ހޫނު ކަން އުފައްދައި ބެކްޓީރިއާތައް މަރާލައެވެ.
ގުޅުންހުރި

242 ޕަސެންޖަރުންނާއި އެކު ދަތުރުކުރަމުންދިޔަ އެއާ އިންޑިއާގެ މަތިންދާބޯޓެއް ވެއްޓިއްޖެ

ފަތުރުވެރިންނަށް އަމާޒުކޮށް ކަޝްމީރުގައި ނިރުބަވެރި ހަމަލާއެއް ދީފި: މަރުވި މީހުންގެ އަދަދު 20 އަށް!

އިންޑިއާގެ ކުރީގެ ބޮޑުވަޒީރު މަންމޯހަން ސިންގ އަވަހާރަވެއްޖެ
